Tuesday, 28 July 2026

ޕީޕީއެމް ހިންގާނެގޮތް އެނގޭނީ ޕާޓީގެ ލީޑަރޝިޕަށް – އަދުރޭ

ޕީޕީއެމް ހިންގާނެގޮތް އެނގޭނީ އެޕާޓީގެ ލީޑަރޝިޕްގައި ތިއްބެވި ބޭފުޅުންނަށް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެޑްވައިޒަރު އަދި ޕްރޮގުރެސިވް ކޯލިޝަންގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުއްﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.

އަބްދުއްރަހީމް މިހެން ވިދާޅުވީ ކުރީގެ ރައީސް އަދި ކުރީގެ ޕްރޮގްރެސިވް ކޯލިޝަންގެ ވެރިޔާ އަބްދުﷲ ޔާމީންއަށް ރައްދުދެއްވާ ރޭ އެކްސްގައި ކުރެއްވި ޓުވީޓެއްގައެވެ.

ޕްރޮގްރެސިވް ކޯލިޝަންގެ ދެ 2 ޕާޓީ ކަމައްވާ ޕީޕީއެމް އަދި ޕީއެންސީ ހިނގަމުންދަނީ ވަރަށް ބަދަހި ގޮތެއްގައި ހަލުވި ސްޕީޑެއްގައި ކަމައްވެސް އަދުރޭ ވަނީ ވިދާޅުވެފައެވެ.

”ޕީޕީއެމަށް ދިރުން ލިބޭނެ ގޮތާއި ނުލިބޭ ގޮތް އެނގޭނީ ޕީޕީއެމްގެ ލީޑަރޝިޕަށް،" – އަދުރޭ

ޕީޕީއެމް ވަރުގަދަވެ ބިޔަ ޕާޓީއަކަށް ބަދަލުވީ ރައީސް ޔާމީންގެ ޒައާމަތު ގައެވެ. ނަމަވެސް ފަހުން އެމަނިކުފާނު ވަނީ ޕީޕީއެމުން ވަކިވެވަޑައިގެންފައެވެ.

ނަމަވެސް ރައީސް ޔާމީން މިހާރު ވެސް ގެންދަވަނީ ޕީޕީއެމް ހުއްޓިފައި އޮންނާތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ. ޕީއެންއެފްގެ ޖަލްސާއެއްގައި ޔާމީން ވިދާޅުވި ގޮތުގައި ޕީޕީއެމްގައި މިވަގުތު އިސްކޮށް ތިއްބެވި ދެ ނައިބު ރައީސުން ޕާޓީ ހިންގަވަން މަސައްކަތް ނުކުރައްވާ ކަމަށެވެ. އެއީ ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫނާއި ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް އެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *