Tuesday, 28 July 2026

ޕޮލިހުން ފައްޔާޒު ހާޒިރު ކުރީ ކުންފުންޏަށްކަށް އާރު.ޑީ.ސީއިން ދޫކުރި ލޯނަކާ ބެހޭ ތަހުގީގަކަށް!

އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓާރ ފައްޔާޒު އިސްމާއިލް މިއަދު ޕޮލިހަށް ހާޒިރު ކޮށްފައިވަނީ އާރުޑީސީ އިން ފައްޔާޒުއާ ގުޅުން ހުރި ކުންފުންޏަކަށް ދޫކޮއްފައިވާ ލޯނެއްގެ މައްސަލައިގެ ތަހުގީގަށް ކަމަށް ވިދާޅުވެއްޖެ އެވެ.

ފުލުހުންގެ ހެޑު ކުއާޓަަރ އަށް ހާޒިރުވުމަށް ފަހު ނޫސްވެރިންނާއި ސަޕޯޓަރުންނާ ބައްދަލުކުރައްވާ ނޫސްވެރިންގެ ސުވާލަކަށް ޖަވާބު ދެއްވަމުން ފައްޔާޒު ވިދާޅުވީ އެ ލޯނަކީ ރައީސް އޮފީހުގެ ވެބްސައިޓްގައި އޮޑިޓަރ ޖެނެރަލް ހުށައަޅާ ފައިނޭންޝިއަލް ރިޕޯޓުގައަވެސް އެކިންފުނިން ލޯނު ނަގާފައިވާކަން އެސެޓް ޑިކްލެރޭޝަންގަވެސް ޖަހާފައިވާ މައްސަލައެއްގަ ސުވާލު ކުރަންޖެހޭ ސަބަބެއް ނޭނގޭ ކަމަށެވެ.

ފުލުހުންގެ އިދާރާއަކީ އެމްޑީޕީ ސަރުކާރުގަ ވަރަށް ގިނަ މަސައްކަތާ ހަރަދު ކޮށްގެން ޕުރޮފެޝަނަލް ޒަމާނީ އިދާރާ އަކަށް ހަދާފައިވާ މުވައްސިސާއެއް ކަމަށާއި ނަމަަވެސް ވެރިކަން ބަދަލުވެ ހަތަރުމަސް ވީއިރު ޕޮލިސް މިފެންނަނީ ސިޔާސީ ތަނަކަށްވެފައިވާ ތަން ކަމައް ފައްޔާޒު ވިދާޅުވި އެވެ.

”ޕޮލިސް މިފެންނަނީ ސިޔާސީ ބޮޑު އިންތިހާބަކާ ދިމާކޮށް އިދިކޮޅިގެ ވެެރިންނަށް ކުރިން ހާމަ ކޮށްފައިވާ ކަމެއްގަ އަލުން ގެންގޮސް ބިރުވެރިކަން އުފައްދަން މަސައްކަތް ކުރާތަން “ -ފައްޔާޒު-

އަދި އާރުޑީސީގެ މައްސަލަ ފައްޔާޒުއާ ގުޅުވަން އުޅެނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގައިގެން ކަމަށް ފައްޔާޒު ވަނީ ތުހުމަތު ކުރައްވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *