ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފުލެޓު ސަރަހައްދުގައި ނަސާރާ ދީނުގެ ކާޑުތަކެއް ބަހަން އުޅުނު ދެ ބިދޭސީން މިއަދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފޭސް ދޭއްގެ ފްލެޓްތަކުގެ ތިރީގައި ހުންނަ މެއިލް ބޮކްސްތަކަށް ނަސާރާ ދީނުގެ މައުލޫމާތު ހިމެނޭ ބިޒްނަސް ކާޑުތަކެއް ލަމުންދާ ކަމަށް ބުނެ ސޯޝަލް މިޑިއާގައި ފޮޓޯތަކެއް ދަނީ ދައުރުކުރުވަމުންނެވެ.
ޗީފް ސްޕްރިންޓެންޑެންޓު އޮފް ޕޮލިސް އަހުމަދު ޝިފާން މިއަދު ވިދާޅުވީ، އެ ދެ މީހުން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ޕޮލިސް ސްޓޭޝަނަށް މިހާރު ގެންގޮސްފައިވާ ކަމަށެވެ. އަދި ފުލުހުންގެ މީޑިޔާ އޮފިޝަލް ވަނީ މި ދެން އަންހެނުންކީ ޖަރުމަނަށް ނިސްބަތްވާ ދެ މީހުންކަމަށް ބުނެފަ އެވެ،
އަދި މި ދެ މީހުން ރާއްޖެ އައިސްފައިވަނީ ޓޫރިސްޓް ވިސާގައި ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
އެނގިފައިވާ ގޮތުން އެ މީހުން ގެންގުޅުނީ ދިވެހި ބަހަށް ތަރުޖަމާކޮށްފައިވާ ނަސާރާދީނުގެ ވެބްސައިޓު ތަކެއްގެ ލިންކު ހިމެނޭ ބިޒްނަސް ކާޑު ތަކެކެވެ.


