އުމުރުން 25 އަހަރުގެ ދިވެހި ފިރިހެނަކު ގެއްލިގެން ފުލުހުން ހޯދަން ފަށައިފި އެވެ.
ފުލުހުން މިރޭ ހާމަކުރިގޮތުގައި ގެއްލިގެން ހޯދަމުންދަނީ މއ. ޕެރީހީލިއަން، އަކްރަމް އަދީލް ސައީދު (25އ) އެވެ.
އަަކްރަމްގެ ހަބަރެއް ނުވެގެން އާއިލާއިން ފުލުހުންނަށް ރިޕޯޓުުކުރީ ރޭ 19:22 އެހައިކަންހާއިރު ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށް ވެސް ބުނެފައި ވެއެވެ.
އެންމެ ފަހުން ފެނިފައިވަނީ މާރިޗް 23 ވަނަ ދުވަހުގެ 13:15 ހާއިރު، އޭނަ މިހާރު ދިރިއުޅޭ، ހުޅުމާލެ ފޭސް 2، އެޗް 15 އިން ކަމަށް އާއިލާ އާއި ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ.
އަދި އޭނާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަން ނަންބަރު 3035336 އަށް ގުޅައި ހިއްސާކުރުމަށް ފުލުހުން އެދިފައި ވެއެވެ.


