ކުރީގެ ސަރުކާރުގައި ދޫކުރި ގޯއްޗާއި ފްލެޓްތަކާ ގުޅޭ ގޮތުން ހުށަހަޅާ މައްސަލަތަކުގައި ހައުސިން މިނިސްޓްރީއަށް ލަފާ ދޭ، މިނިވަން ކޮމިޓީގެ މެމްބަރުކަމުން އަނީސާ އަހުމަދު އިސްތިއުފާ ދެއްވައިފި އެވެ.
އެ ކޮމިޓީން އިސްތިއުފާ ދެއްވި ސަބަބު ކަމަށް އަނީސާ ވިދާޅުވެފައިވަނީ ސިއްޙީ ސަަބަބަކާ ހުރެއެވެ.
"ބިންވެރިޔާ" އާއި "ގެދޮރުވެރިޔާ" ސްކީމުގައި ހިމެނޭ ކަންކަން ކުރިއަށް ގެންދިއުމަށް ހައުސިން މިނިސްޓްރީން ކޮމިޓީ އުފެއްދީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ލަފާފުޅުގެ މަތިން މިދިޔަ ފެބްރުއަރީ މަހުގަ އެވެ.
ރައީސް ޑރ މުއިއްޒު އެކުލަވާލި ހައުސިން ކޮމިޓީއިން އަނީސާ މަގާމުން ވަކިވެވަޑައިގަތީ ކޮމިޓީއަށް މަސައްކަތްކުރާތާ މާ ގިނަ ދުވަހެއް ނުވަނީހެވެ.
އަނީސާ ވަނީ ގިނަ އަހަރުތަކެއް ވަންދެން އިސް މަގާމުތަކުގައި ދިވެހި ދައުލަތަށް ޚިދުމަތް ކޮށްދެއްވައިފައެވެ.


