އިޒްރޭލުން ފަލަސްތީނުގެ ގާޒާއަށް ދެމުންގެންދާ ހަމަލާތައް ހުއްޓާލުމަށް ގޮވާލައި އދ. ގެ ސަލާމަތީ މަޖިލީހުން ގަރާރެއް ފާސް ކުރުމުން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެ، ގަރާރަށް ފުރިހަމައަށް އަމަލު ކުރަން ގޮވާލައްވައިފިއެވެ..
ރައީސް މުއިއްޒު އެކްސްގައި ކޮށްފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ މިއަދު ފާސްކުރި ގަރާރު ތަންފީޒު ކުރުމަ ރާއްޖެއިން ގޮވާލާ ކަމަށާއި އަދި އެ ގަރާރަށް ތަބާވުމަށް އިސްރާއީލަށްވެސް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ ގޮވާލައްވާފަ އެވެ.
“އިސްރާއީލު ސިފައިންގެ މުސީބާތާއި މެދުނުކެނޑި ދޭ ހަމަލާތަކާ ކުރިމަތިލާއިރު، ރަމަޟާން މަހުގެ ހަގީގީ ރޫހު ގަބޫލުކުރުމަށް މަސައްކަތްކުރާއިރު، ހަނގުރާމަ ހުއްޓާލުމުގެ އުންމީދުން ވަގުތީ ލުޔެއް ލިބޭ”- ރައީސް މުއިއްޒު
ދާއިމަށް ހަނގުރާމަ ހުއްޓާލައި، ނަސްލު ނައްތާލުމުގެ އަމަލުތައް ދެމިއޮތުން ވަގުތުން ނިމުމަކަށް ގެނައުމަށްޓަކައި ބައިނަލްއަޤްވާމީ މުޖުތަމަޢުން މި ދުވެލި ދަމަހައްޓައިދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމައްވެސް ރައީސް ވިދާޅުވި އެވެ.
އަދި ފަސޭހައިން ބުނާނަމަ ދުނިޔެއިން ފަލަސްތީނުގެ ރައްޔިތުންނަށްޓަކައި އިތުރު ކަންތައްތަކެއް ކުރަން ޖެހޭ ކަމަށްވެސް ރައީސްގެ ޓުވީޓުގައި ވަނީ ބުނެފަ އެވެ.


