Tuesday, 27 October 2026

ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި މާލޭގެ ހުރިހާ މަގެއް ހަދަނީ

މާލޭ ސިޓީގެ ހުރިހާ މަގެއް ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހަދަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އަންނަ މަހު ބާއްވާ މަޖިލިސް އިންތިހާބުގައި، މައްޗަންގޮޅި މެދު ދާއިރާއަށް ވާދަކުރާ ކެންޑިޑޭޓު އަހުމަދު ޒަމީރުގެ ކެމްޕެއިން ޖަގަހަ ހުޅުވަން ޗާންދަނީ މަގުގައި ރޭ ބޭއްވި ޖަލްސާގައި އެމަނިކުފާނު ވިދާޅުވީ މާލެ ސަރަހައްދަށް އެންމެ ބޮޑު އިސްކަމެއް ދީގެން ރާވަމުން އަންނަ މަސައްކަތަކީ ބޯހިޔާވަހިކަމާއި މަގު ހެދުމުގެ މަސައްކަތް ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ އެ މަސައްކަތުގެ ކަމާބެހޭ ޓީމެއް މިހާރު ރާއްޖޭގައި އުޅޭ ކަމަށާއި ފަންނީ މަސައްކަތްތައް ނިމުމުން މަގު ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށެވެ.

"އަޅުގަނޑު ވަރަށް އުފަލާ އެކު މި ދަންނަވަނީ، ޗައިނާ ސަރުކާރުން ހިލޭ އެހީގައި، ހިލޭ އެހީގައި މުޅި މާލެ ސިޓީގެ ހުރިހާ މަގުތަކެއް ހަދާ ގޮތަށް މިހާރު ހަމަޖެހިފައި އޮތީ،" ރައީސް ވިދާޅުވި އެވެ.

ޗައިނާ އަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ހަމަޖެހިގެން ދިޔަ 130 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ތެރެއިން އެންމެ އިސްކަންދޭ މަޝްރޫއަކީ މާލޭގެ މަގު ހެދުމުގެ މަޝްރުއޫ ކަމަށް ރައީސް ވަނީ މީގެކުރިން ވިދާޅުވެފައެވެ.

މާލޭގެ މޭޔަރަކަށް ހުންނެވި އިރު ވެސް މަގުތައް ހެދުމުގެ މަސައްކަތް ކުރައްވަން ފެއްޓެވި ނަމަވެސް އޭރު އޮތް އެމްޑީޕީގެ ސަރުކާރުން އެ ކަމަށް ހުރަސް އަޅާ، ބަޖެޓު ހިފެހެއްޓި ކަމަށް ރައީސް ރޭ ވިދާޅުވި އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *