Tuesday, 27 October 2026

އައިޖީއެމްއެޗުން އަލަށް އުފަންވި ކުއްޖަކަށް ނުބައި ބޭސްތަކެށް ދިން މައްސަލައެއް ފެންމަތި ވެއްޖެ

އައިޖީއެމްއެޗުގައި އަލަށް އުފަންވި ތުއްތު ކުއްޖެއްގެ ގައިގާ ނެތް ބަލިތަކަކަށް ޑައިގްނޯސްކޮށް ނުބައި ބޭސްތަކެއް ދިން ކަމަށް އާއިލާއިން ތުހުމަތު ކޮށްފި އެވެ.

ސޯޝަލް މީޑިއާގައި އެ ކުއްޖާގެ މަންމަ އިއްޔެ ކުރި ޕޯސްޓެއްގައި ބުނީ އުމުރުން ހަ ދުވަހުގެ ތުއްތު އަންހެން ކުއްޖާގައި ނެތް ގިނަ ބަލިތަކެއް ހުރި ކަމަށް އައިޖީއެމްއެޗް އިން ދިން ބޭސް ސިޓީގައި ލިޔެފައިވާ ކަމަށެވެ.

ނަމަވެސް ރިޕޯޓުތައް ލިބުނު އިރު އެފަދަ އެއްވެސް ބައްޔެއް ނެތް ކަމަށާއި އެ ހޮސްޕިޓަލަށް އެހެން ކުއްޖަކާ އޭނާގެ ދަރިފުޅާ އޮޅުނީ ކަމަށް އޭނާ ތުހުމަތު ކުރި އެވެ.

"ދަރިފުޅު ސިއްހަތު ރަނގަޅަށް ހުއްޓާ މި ހުރިހާ ދުވަހު އެންޓިބަޔޮޓިކް އެއް ދެމުން އައީ،" އޭނާ ބުންޏެވެ.

އެ ހޮސްޕިޓަލުން ދޫކޮށްފައިވާ ބޭސް ސިޓީތަކުގެ ފޮޓޯތަކުން ފެންނަ ގޮތުގައި ކުރިން އެ ކުއްޖާގެ ކްލަބް ފުޓް ނުވަތަ ފައިގެ މައްސަލަތަކެއް ހުރި ކަމަށް ބުނެފައި ވެ އެވެ. އެހެން ނަމަވެސް ފަހުން ދީފައިވާ ބޭސް ސިޓީގައި ވަނީ އެ ބައި އުނިކޮށްފަ އެވެ.

މިފަހަކަން އައިސް ސިއްހީ ހިދުމަތްދޭ ފަރާތްތަކުގެ އިހުމާލުން މީހުންގެ ފުރާނައަށް ގެއްލުންވާ ކަމުގެ ގިނަ މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ.

މިކަމާއި ގުޅޭ ގޮތުން އައިޖީއެމްއެޗްގެ ބަހެއް އަދި ނުލިބެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *