ރައޔިތުންގެ މަޖިލީހުގެ މައްޗަންގޯޅި އުތުރު ދާއިރާއަށް ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެނޑިޑޭޓު އިބްރާހިމް މުޙައްމަދު (އިއްބެ ޖަނާބު) ގެ ކެމްޕެއިން ޑޯޓުޑޯގައި ބައިވެރިވެ ވަޑައިގެން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑަރު، އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު މައްޗަންގޯޅި އުތުރުގެ ރައްޔިތުންގެ ގާތަށް ޒިޔާރަތް ކުރައްވައިފި އެވެ.
މިއަދުގެ ޑޯޓުޑޯގައި ރައީސްގެ އަރިހުގަ ފަސްޓު ލޭޑީ ސާޖިދާ މުހައްމަދު ވެސް ވަނީ ބައިވެރިވެ ލައްވާފައެވެ. އަދި ރައީސްގެ އަރިހުގައި، މައްޗަންގޮޅި އުތުރު ދާއިރާއަށް، ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި ވާދަ ކުރައްވަވާ އިބްރާހީމް މުހައްމަދުގެ އިތުރުން ބައެއް ވަޒީރުންނާއި، ނައިބު ވަޒީރުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ޒިޔާރަތުގައި ރައީސް ވަނީ މައްޗަންގޯޅީގެ ރައްޔިތުންނަށް ވީ ވަޢުދަށް ވަފާތެރިވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.
އަންނަ މަހުގެ 21 ވަނަ ދުވަހު އޮންނަ މަޖިލިސް އިންތިހާބަށް ރައީސް މާލޭގައި ދޮރުން ދޮރަށް ހިންގަވަން ފެއްޓެވީ މި މަހުގެ 18 ވަނަ ދުވަހުއެވެ.


