Tuesday, 28 July 2026
ފޮޓޯ: އެމްވީ ކްރައިސިސް

ރޯޝަނީ މަގުގައި ރޭ ހިންގި ގުރޫޕް މާރަމާރީއެއްގައި ޒުވާނަކަށް އަނިޔާވެއްޖެ!

ރޭ ރޯޝަނީ މަގުމަތީގައި ހުރި މީހެއްގެ ގައިގާ ގުރޫޕަކުން އައިސް ތަޅާ މާރާމާރީ ހިންގައިފިއެވެ.

7:00 ޖަހާކަށްހާއިރު ހިންގާފައިވާ މި މާރަމާރީގެ ވީޑިއޯ ވަނީ ސޯޝަލް މީޑިއާގައި ވަނީ ދައުރުވެފައެވެ. އެ ވީޑިއޯއިން ފެންނަނީ ހަ މީހުންގެ ގުރޫޕަކުން އައިސް ޒުވާނެއްގެ ގައިގާ ތަޅާ މަންޒަރެވެ.

ގާތްގަނޑަކައް ދޮޅު މިނެޓަށް ދިގުދެމިގެންދާ މި ވީޑިއޯ ނިމޭއިރު އެމީހާއަށް ވަނީ ކޮޅަށް ނުހުރެވޭ ވަރަށް އަނިޔާ ލިބިފައެވެ. އަދި މާރާމާރީ ކުރިއަށް ދިޔައިރު މަގުމަތީގައި މަންޒަރު ބަލަން ތިބި މީހުން އެކަން ހުއްޓުވަން މަސައްކަތްކޮށްފައެއް ވެސް ނުވެއެވެ.

މި މާރަމާރީ އާއި ގުޅިގެން އެކަކުވަނީ ހައްޔަރު ކޮއްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *