ސިއްހީ ހާލަތު ތަންނުދޭތީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އިމާމުވެ ތަރާވީހު ނަމާދުކުރުން މިރެއިން ފެށިގެން ވަގުތީ ގޮތުން މެދުކަނޑާލައްވައިފި އެވެ.
ޝަހީމް އެކްސްގައި ކުރެއްވި ޕޯސްޓެގައި ވިދާޅުވީ ގިނަ އިރު ކޮޅަށް ހުރުމަށް ދަތިވާ ސިއްހީ ސަބަބެއް މެދުވެރިވެގެން، ޑޮކްޓަރުންގެ ލަފާމަތިން މިރެއިން ފެށިގެން އިމާމުވެ ތަރާވީސްކުރުން މެދުކަނޑާލައްވަން ނިންމަވާފައިވާ ކަމަށެވެ.
ރޯދަ މަސް ފެށުނީއްސުރެ ޝަހީމް އިމާމުވެ ތަރާވީހް ނަމާދު ކުރައްވަމުން ގެންދެވީ ހުޅުމާލޭ ރަޝީދު މިސްކިތުގަ އެވެ.
"އަވަސް ސާޖަރީއަކަށްދާތީވެ އެންމެހާ ލޮބުވެތި އަހުންނާއި އުހުތުންގެ ހެޔޮ ދުޢާއަށް އެދެން." ޝަހީމް ވިދާޅުވެފައިވެއެވެ.
ޝަހީމް ވިދާޅުވެފައި ވަނީ ފަރުވާގެ ކަންކަން ފުރިހަމަވުމުން އަލުން އިމާމުކަމަށް އައުމަށް އުންމީދުކުރައްވާ ކަމަށެވެ. އިމާމުކަމަކީ ކުޑައިރުން ފެށިގެން ވަރަށް ލޯތްބާއި ޝައުޤުވެރިކަމާއެކު ކުރާކަމެއް ކަމަށް ވިދާޅުވިއެވެ.


