Tuesday, 27 October 2026

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހު ދޫކޮށްލުން ބަލައި ނުގަނެވޭ – ރައީސް

ކުޑަކުދިންނަން ޖިންސީ ގޯނާކޮށްގެން ހުކުމްކުރެވޭ މީހުންނާއި ތަހުގީގަށް ހައްޔަރުކުރާ މީހުނަށް ލުއި ނުދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.

ރައީސް މިހެން ވިދާޅުވީ "އެކްސް" ގައި ކުރެއްވި ޕޯސްޓެއް ގައެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުނަށް ލުއިދޭން ނިންމާ ނިންމުންތައް ވެސް އިސްތިޢުނާފުކޮށް ވީހާވެސް އަވަހަށް ގާނޫނުގެ ކުރިމައްޗަށް ގެނެސް ފިޔަވަޅު އެޅުމަށް ރައީސް ވަނީ ޕީޖީއަށް ގޮވާލާފަ އެވެ.

“ކުޑަކުދީންނަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށް، ނުވަތަ ޙުކުމް ކޮށްފައިވާ މީހުންނަށް މަޢާފުދިނުން، ނުވަތަ ލުއިދީ ދޫކޮށްލުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނޭ ކަމެއްނޫން.” -ރައީސް

އަދި ދިވެހި މުޖުތަމައު މިކަހަލަ ނުބައި މީހުންގެ ވަކިތަކުން ސަލާމަތްކޮށް ރިވެތި އަހުލާގުގެ މަތީގަ އުޅޭ ބަޔަކު އުޅޭ މުޖުތަމައަކަށް ހަދަން އެށްމެން އެކުގައި މަސައްކަތް ކޮށްދިނުމައް ރައީސް ވަނީ އެދިލައްވާފައެވެ.

ރައީސް މިފަދަ ޕޯސްޓެއް މި ކުރެއްވީ ތ. ވޭމަންޑޫގައި އަމިއްލަ ކާފަ ދަރިފުޅަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި މިދިޔަ އަހަރު ހައްޔަރުކުރި މީހަކު ދޫކޮށްލާފައި ވަނިކޮށެވެ.

މިދިޔަ އަހަރުގެ އޮގަސްޓް މަހު ހައްޔަރުކުރި އުމުރުން 69 އަހަރުގެ އެ މީހާ ދޫކޮށްލީ ޝަރުތުތަކަކާ އެކު ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓުންނެވެ. އޭނާގެ ދޫކޮށްލިއިރު ޖިންސީ ގޯނާގެ ދައުވާގެ ޝަރީއަތް އެ ކޯޓުގައި ކުރިއަށް ގެންދެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *