މިފަދަ ފަހި ފުރުސަތެއް ދެވަނަ ފަހަރު ނުލިބުމަކީ އެކަށީގެންވާ ކަމެއްކަން ހަދައިންކޮށްދީ މި ބަރަކާތްތެރި މައްސަރުގައި ހަޔާތަށް ބޮޑު ބަދަލެއް ގެނައުމަށް މިއަދު ހުކުރު ހުތުބާގައި އިލްތިމާސްކޮށްފިއެވެ.
މިއަދުގެ ހުކުރު ޚުތުބާގެ މައުޟޫއުއަކަށް ކަނޑައަޅާގައިވަނީ "ރަމަޟާން މަހާއި ދިރިއުޅުން" މިއެވެ.
ޚުތުބާގައި ވަނީ، މި މަހަކީ އަޅުކަމާއި މަޣްފިރަތުގެ މައްސަރެއް ކަމަށެވެ. އަދި މިއީ ގުރުއާން ކިޔެވުމާއި، ރޭއަޅުކަންކުރުމާއި. ހިދާޔަތުގެ މައްސަރު ކަމަށް ބުނެފައެވެ. އެގޮތުން ރޯދައިގެ އަޅުކަމުގައި ރޫހާނީ އިޖްތިމާއީ ސިއްހީ ގިނަ ގުނަ ފައިދާތަކެއްވާކަން ފާހަގަކޮށް ޚުތުބާގައި ބުނެފައިވަނީ ރޯދަ އަހަރެމެންނަށް ކެތްތެރިކަން ދަސްކޮށްދޭކަމަށެވެ.
މީގެއިތުރުން ހުތުބާގައި ވަނީ ރޯދައަކީ ކެތްތެރިކަމުގެ ދެބައިކުޅަ އެއްބައިކަން ފާހަގަކޮށް، ރޯދައަކީ މުސްލިމުންގެ އަހްލާގް ތަހްޒީބުކޮށް ތަރައްގީކޮށްދޭނެ އަޅުކަމެއްކަމަށްވެސް ބުނެފައެވެ.
މާތް الله ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. رَمَضَان މަހަކީ، އެމަހެއްގައި قُرْآن ބާވައިލެއްވި މަހެވެ. (އެ قُرْآن ބާވައިލެއްވީ) މީސްތަކުންނަށްހުރި ތެދުމަގެއް ކަމުގައްޔާއި هِدَايَة އާއި حَقّ އާއި بَاطِلُ ވަކިކޮށްދެނިވި ހެކިތަކެއްކަމުގައެވެ." – ޚުތުބާ
ޚުތުބާގައި އިތުރަށް ބުނީ ރޯދައަކީ މުސްލިމުންގެ އަޚްލާޤު ތަހުޒީބުކޮށް ތަރައްޤީކޮށްދޭ އަޅުކަމެއް ކަމަށެވެ. އެގޮތުން ރޯދަވެރިޔާ ރޯދައަށް ހުންނައިރު ރައްކާތެރިވާންޖެހޭ ކަންތައްތަކެއް ވާ ކަމަށެވެ. މިގޮތުން ދެބައޮޑުވުމާއި، ނެތިމޮށުންފަދަ ބޮޑެތި ފާފަތަކާ ދުރުހެލިވާން ޖެހޭ ކަމަށާ އަދި ދެބަސްވުންތަކާއި ހަޑިހުތުރު ބަސްތައް ބުނުމުން ދުރުހެލިވާންޖެހޭ ކަމަށް ބުނެފައިވެއެވެ.
އަދި މުޖުތަމައުގެ ހެވާއި ލާބައަށް މަސައްކަތް ކުރާ ބަޔަކު ކަމުގައި ވުމަށްވެސް ހުތުބާގައި ނަސޭހަތްރިވެފައިވެއެވެ.


