Tuesday, 28 July 2026
ޕްރޮސިކިއުޓާ ޖެނެރަލް ހުސެން ޝަމީމް

ގެވެށި އަނިޔާއިން ރައްކާތެރިވުމުގެ އަމުރަކަށް އެދޭ ފޯމް މިހާރު އޮންލައިންކޮށް ހުށަހެޅޭނެ

ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް ގެވެށި އަނިޔާއިން ރައްކާތެރިވުމުގެ އަމުރަށް އެދޭ ފޯމު ކުރިން އޮތް ގޮތަށް ފިޒިކަލީ އޮފީހަށް ހުށަހަޅަން ޖެހުމުގެ ބަދަލުގައި އޮންލައިންކޮށް ހުށަހެޅޭނެ އިންތިޒާމް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ހަމަޖައްސައިފި އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމްގެ އަމިއްލަ ބްލޮގްގައި ވިދާޅުވީ އެ ކަމަށް އެދި ހުށަހަޅާ ފަރާތްތަކަށް މިހާރު އެ އޮފީހުގެ އީ-ފާސް އެކައުންޓް މެދުވެރިކޮށް އެ އޮފީހުގެ ވެބްސައިޓަށް ލޮގިންވެ އޮންލައިންކޮށް ފޯމް ހުށަހެޅޭނެ ކަމަށެވެ.

ޝަމީމް އިތުރަށް ވިދާޅުވީ ފޯމު ހުށަހަޅާ ފަރާތަކީ އެފަރާތެއްގެ އީ-ފާސް އެކައުންޓް މެދުވެރިކޮށް ކުރިމަތިލާ ފަރާތަކަށްވާތީ، ފޯމުގައި ބޭނުންވާ އަސާސީ މައުލޫމާތު އޮޓަމެޓިކުން ފުރޭނެ ކަމަށާއި، ފޯމު ހުށަހަޅާ ފަރާތްތަކުން ފުރަން ޖެހޭނީ އެފަރާތަކަށް ދިމާވި ހާދިސާއާ ގުޅޭ ސެކްޝަން އެކަނި ކަމަށެވެ.

ޝަމީމް ވިދާޅުވީ މިއީ ޕީޖީ އޮފީހުގެ ޕޯޓަލް މެދުވެރިކޮށް ލިބޭ ފޯމެއް ކަމަށް ބުނެ ޕީޖީ އޮފީހުގެ އީމެއިލް މެދުވެރިކޮށް އެ ފޯމް ކޯޓަށް ފޮނުވާނެ ކަމަށެވެ. އަދި މިއީ އީމެއިލް ފޯވާޑިން ސިސްޓަމެއް ކަމަށާއި ހުށަހަޅާފައިވާ ފޯމްތަކުގައި ހިމެނޭ އެއްވެސް މައުލޫމާތެއް ޕީޖީ އޮފީހަށް ނޭނގޭނެ ކަމަށާއި އަދި އޭގެ ރެކޯޑެއް ވެސް ނޯންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *