Tuesday, 28 July 2026

ބަހުސްކުރަން ދިޔަ މަގުމަތީގައި ފަރެސްމާތޮޑާ ކެނޑިޑޭޓަށް ހަމަލާދީފި

ފަރެސްމާތޮޑާ ދާއިރާއަށް އެމްޑީޕީން ނެރެފައިވާ ކެންޑިޑޭޓް އަހުމަދު ޒައީމަށް އިއްޔެގެ މެންދުރު ފަހު ޑީސަލުން ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.

މާރާމާރީ ހިންގިއިރު ޒައީމް ހުންނެވީ ދައުލަތުގެ މީޑިއާ، ޕީއެސްއެމް ނިއުސް އިން އިންތިޒާމުކޮށްގެން ބްރޯޑްކާސްޓްކުރާ ރައްޔިތުންގެ މަޖިލީހުގެ ބަހުސް ޕްރޮގްރާމަށް ދިއުމަށް ތައްޔާރުވެގެންނެވެ.

އެ އަމަލު ކުށްވެރިކޮށް އެމްޑީޕީން އެކްސްގައި ބުނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރި މީހަކަށް ދިން މި ހަމަލާއަކީ ފިނޑި އަމަލެއް ކަމަށެވެ.

ޑީސަލުން ފޯވެފައިވާ ފޮޓޯތައް ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ދަނީ ދައުރުވަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *