Tuesday, 28 July 2026

ވިލިނގިލީގައި ބަންނަމުން ދިޔަ ސަފާރީއެއްގައި ރޯވެއްޖެ

ގއ ވިލިނގިލީގައި މީހުން ނޫޅޭ ހިސާބު ދުރުގައި ބަންނަމުން ދިޔަ ސަފާރީއެއްގައި ރޯވެ އަނދާ ހުލިވެއްޖެއެވެ.

އަލިފާން ރޯވެފައި ހުރި ތަން ފެނުނީ ރޭ ގާތްގަނޑަކަށް 10 ޖަހާކަންހާއިރު އެވެ. މިއީ ބަޔަކު ގަސްތުގައި ހިންގި އަމަލެއް ކަމަށް އެ ރަށުގެ ބައެއް މީހުން ދަނީ ބުނަމުންނެވެ.

އެމްއެންޑީއެފް އިން ރޭ ބުނީ، އެ އޮޑިހަރުގޭގައި ރޯވެ އަނދަމުން ދާ އަލިފާންގަނޑު ފުޅާވެ ހަރުގެ އަނދާ އަލިފާންގަނޑުގެ މައްޗަށް އެތާނގެ ފުރާޅު ވެއްޓިފައި ވާ ކަމަށެވެ.

އަދި ފުލުހުން ވަނީ ސަފާރީ އެއްކޮށް އަނދައި ހުލިވެފައިވާ ކަމަށާއި މި މައްސަލަ ތަހުގީގުކުރުމަށް މިއަދު ފޮރެންސިކް ފުލުހުންގެ ޓީމެއް އެރަށަށް ދާނެ ކަމަށް ބުނެފައެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *