އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާތަކެތީގެ ތެެރެއިން ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށުގައިހުރި ބަނގުރާ ނައްތާލައިފިއެވެ.
ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނުން މި މަހު ނައްތާލާފައިވަނީ 362 ފުޅި ބަނގުރަލާއި 514 ދަޅު ބިޔަރޫކަމަށް ފުލުހުންގެ ހިދުމަތުން ބުނެފައިވެއެވެ.
ފުލުހުން ބުނިގޮތުގައި މިތަކެއްޗަކީ 2023 އޮކްޓޯބަރު 1 އިން މި އަހަރުގެ ޖަނަވަރީ މަހުގެ ނިޔަަލަށް ދާލު އެއާޕޯޓުން ފުރަންދިޔަ ފަތުުރުވެރިންގެ އަތުން އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ހިފަހައްޓައި ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެއްޗެވެ.
ބަނގުރާ ނައްތާލުން ކުޑަހުވަދޫ ޕޮލިސް ސްޓެޝަނުގައި ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރާގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަަމަށްޓަކައި އެކުލަވާފައިވާ ކޮމެޓީގެ ބެލުމުގެ ދަށުންނެވެ.


