Tuesday, 28 July 2026

މިހާތަނަށް ފަލަސްތީނުގެ 7،300 އަށްވުރެ ގިނަ މީހުން އިސްރާއީލު ސިފައިން ވަނީ ހައްޔަރުކޮށްފި

މިދިޔަ އޮކްޓޫބަރު މަހުގެ ހަތްވަނަ ދުވަހުގެ ފަހުން ފަލަސްތީނުގެ 7،305 އެއްހާ މީހުން އިސްރާއީލު ސިފައިން ހައްޔަރުކޮށްފައިވާ ކަމަށް ޑިޓެއިނިންސް އެންޑް އެކްސް ޑިޓެއިނިންސް އެފެއާޒް ކޮމިޝަނުން މިއަދު ބުނެފި އެވެ.

އެ ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ އިސްރާއީލުގެ އަސްކަރިއްޔާއިން ހިފާފައިވާ ސަރަހައްދުތަކުގައި ބޮޑެތި އަދަދުތަކުން މީހުން ހައްޔަރުކުރުމުގެ ކެމްޕޭން ހިންގާފައިވާ ކަމަށާއި އެ ކެމްޕޭނާއެކު ބަންދުގައި ތިބޭ މީހުންނާއި އެމީހުންގެ އާއިލާތަކަށް ބޮޑެތި އަނިޔާތަކާއި އިންޒާރުތައް ދީފައިވާ ކަމަށެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިސްރާއީލު ސިފައިން ވަނީ ހިފާފައިވާ ހުޅަނގު އައްސޭރީގެ ކުޑަކުދިންނާއި ކުރީގެ ގައިދީން ހިމެނޭ ގޮތަށް 35 މީހަކަށް އަމާޒުކޮށް ބޮޑު އޮޕަރޭޝަނެއް ފަށައިފަ އެވެ.

މި މީހުން ހައްޔަރުކޮށްފައިވަނީ ހެބްރޯންގެ ދެކުނުގައި އޮންނަ ޔައްޓާ ސިޓީންނެވެ.  ބާކީ ތިބި މީހުން ހައްޔަރުކޮށްފައިވަނީ ބެތުލެހެމް، ޖެނިން، ރާމަالله އަދި ގުދުސްއިންނެވެ.

އެ ކޮމިޝަނުން ފާހަގަކުރި ގޮތުގައި އިސްރާއީލުން ޣައްޒާއަށް އަރައިގަތުމާއި، އެއްގަމު އުޅަނދުތަކަށް އަރައިގަންނަން ފެށީއްސުރެ އެ ޖަމާއަތުން އާންމުންނާ ދެކޮޅަށް  މީހުން ހައްޔަރުކުރުމުގެ ކެމްޕޭންތައް ވަނީ ހިންގަން ފަށާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *