ވިލިމާލެ ކައިރީގައި މިރޭ 2 ލޯންޗެއް ޖެހި ހިނގި އެކްސިޑެންޓްގައި 3 މީހެއްގެ ހާލު ސީރިޔަސްކަމަށް ރާއްޖެ24އަށް މައުލޫމާތު ލިބިއްޖެއެވެ.
މި ހާދިސާގައި އެކިވަރުގެ އަނިޔާވި 13 މީހަކަށް ފަރުވާދިނުމަށް ވިލިމާލޭ ހޮސްޕިޓަލަށް ގެންދިޔަ އެވެ. އަދި އޭގެތެރެއިން 7 މީހަކު ފަހުން ވަނީ އައިޖީއެހްއަށް ގެންދެވިފައިކަމަށް ފުލުހުން ބުނެފައި ވެއެވެ.
މި 7 މީހުންގެ ތެރޭގައި 1 ދިވެއްސަކާއި 6 ބިދޭސީން ހިމެނެއެވެ.
ހާލު ސީރިޔަސްވި ކަމަށް މައުލޫމާތު ލިބޭ ތިން މީހުންނާއި ގުޅޭގޮތުން ހޮސްޕިޓަލް އަދި ފުލުހުންވެސް އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.
ވިލިމާލޭގެ ވޯޓާސްޕޯޓްސް ސަހަރައްދުގައި ހިނގި މި ހާދިސާގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ މިރޭ 8:00 ހާއިރު ކަމަށް ފުލުހުން ވަނީ ބުނެފައެވެ.


