Tuesday, 28 July 2026

ދެ ލޯންޗެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި 13 މީހަކަށް އަނިޔާވެއްޖެ

ވިލިމާލޭ ކައިރީ ދެ ލޯންޗެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ގިނަ ބަޔަކަށް އަނިޔާވެއްޖެ އެވެ.

ފުލުހުން މިރޭ ވިދާޅުވީ އެ ސަރަހައްދު ކަނޑުމަތީގައި ދެ ލޯންޗް ޖެހި އެކްސިޑެންޓްވެފައިވާ ކަމުގެ މައުލޫމާތު މިރޭ 19:48 ހާއިރު ފުލުހުންނަށް މައުލޫމާތު ލިބިފައިވާ ކަމަަށެވެ.

އަދި މި އެކްސިޑެންޓްގަައި އަނިޔާވި 13 މީހަކަށް ވިލިމާލެ ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް ފުުލުހުން ވިދާޅުވިއެވެ.

އޭގެ ތެރޭގައި ތިލަމާލެ ބުރިޖު މަޝްރޫއު ހަވާލުކޮށްފައިވާ އެފްކޮންސް ކުންފުނީގެ 10 މީހަކާއި، އަނަންތާރަ ރިސޯޓުގެ ލޯންޗުގައި ތިބި ތިން މީހަކު ހިމެނޭ ކަމަށް ބުންޏެވެ.

އަނިޔާވި މީހުންގެ ތެރެއިން ހަ މީހަކު މިހާރު ވަނީ އިތުރު ފަރުވާއަށް އައިޖީއެމްއެޗަށް ގެންގޮސްފަ އެވެ.

ފުލުހުން ވިދާޅުވިގޮތުގައި މި އެކްސިޑެންޓް ހިނގި ސަރަހައްދުގައި ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *