Tuesday, 28 July 2026

މާފުށިގައި ގެނބުނު މީހަކަށް ފަރުވާ ދެނިކޮށް މަރުވެއްޖެ

ކ. މާފުށީގައި ގެނބުނު މީހަކަށް ފަރުވާދެނިކޮށް މަރުވެއްޖެއެވެ.

ފުލުހުން ބުނެފައިވަނީ ކ. މާފުށީ އެކްޓިވް ވޯޓާ ސްޕޯޓްސްއާ ދިމާލުން ނެރު ކައިރިއަށް މީހަކު ގެނބިފައިވާކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު ހެނދުނު 10:25 ހާއިރު ކަމަށެވެ.

އެމީހާއަށް މާފުށީ ހެލްތް ސެންޓަރުގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވެފައިވާ ކަމަށް ޑޮކްޓަރު މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

ފުލުހުން ބުނެފައިވަނީ އެ އިދާރާއިން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ. މި ހާދިސާއާ ބެހޭ އިތުރު ތަފްސީލެއް މިހާތަނަށް ފުލުހުން ހާމަކޮށްފައެއްނުވެއެވެ. މި ހާދިސާގައި މަރުވެފައިވަނީ ދިވެއްސެއް ކަމެއް ނުވަތަ ބިދޭސީއެއް ކަމެއްވެސް ސާފެއް ނުވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *