Tuesday, 28 July 2026

އިސްރާއީލުން ރޭ ޣައްޒާއަށް ދިން ހަމަލާތަކުގައި އާންމުންގެ 19 މީހުން ޝަހީދުކޮށްލައިފި

ވަށާލާފައިވާ ޣައްޒާގެ ނުސީރަތު ރެފިއުޖީ ކޭމްޕާއި ޒީތޫން އަވަށަށް އިޒްރޭލުން ރޭ ދިން ވައިގެ ހަމަލާތަކުގައި އާންމުންގެ 19 ޝަހީދުވެ މަރުވެ އެތައް ބަޔަކު ޒަހަމްވެއްޖެ އެވެ.

އިސްރާއީލުގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން ނުސީރަތު ކޭމްޕުގެ ހުޅަނގުން ދާލިސް އާއިލާގެ ގެއަށް ވައިގެ މަގުން ހަމަލާދީ އާންމުންގެ 17 މީހަކު ޝަހީދުކޮށް އެތައް ބަޔަކު ޒަހަމްކޮށްލި އެވެ.

މީގެ އިތުރުން ޣައްޒާ ސިޓީގެ ޒީތޫން އަވަށަށް ދަތުރުކުރާ ސިފައިންގެ ހަމަލާތަކަށް އަމާޒުކޮށް ނޫސްވެރިޔާ އިހާބް ނަސްރުالله އާއި އޭނާގެ އަނބިކަނބަލުން މަރާލިކަން ވެސް މެޑިކަލް މަސްދަރުތަކުން ވަނީ ކަށަވަރުކޮށްދީފަ އެވެ. އެ ހަމަލާގައި ނޫސްވެރިޔާގެ ތިން ދަރިން ވަނީ ވަރަށް ބޮޑަށް ފިހިފަ އެވެ.

ވަފާ ނިއުސް އެހެންސީއިން ރިޕޯޓްކޮށްފައިވާގޮތުގަ ޣައްޒާގެ ދެކުނުގައި އޮންނަ ރަފާގެ ދެކުނުގައި އޮންނަ ބްރަހްމާ އަވަށުގެ ބައެއް މީހުންނަށް އިސްރާއީލުގެ އަސްކަރިއްޔާއިން އަމާޒުކޮށް ދިން ހަމަލާތަކުގައި އާންމުންގެ އެތައް ބަޔަކު ޒަހަމްވެފައިވެއެވެ.

އިޒްރޭލުގެ އާޓިލަރީއިން ވަނީ ގަތަރުގެ އެހީގައި ދެކުނުގައި އޮންނަ ޚާން ޔުނިސްގެ ހުޅަނގުގައި އޮންނަ ހައްމާދުގެ އެއް ޓަވަރުގެ ހަމަލާތައް ވެސް ދީފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *