Tuesday, 28 July 2026
މަގުމަތީގެ ސަލާމަތަށް ހޭލުންތެރިކުރުވުމަށް ފުލުހުން ބޭއްވި ޑްރިލެއްގެ ތެރެއިން

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި މީހަކަށް އަނިޔާވެއްޖެ

ހުޅުމާލޭ މިދިލި މަގުގައި މިއަދު އެކްސިޑެންޓެއް ހިނގާފައިވާކަމަށް ފުލުހުން ބުނެފި އެވެ.

ފުލހުން ބުނީ މިއަދު ހެނދުނު 8:45 ހާއިރު ހިނގި މި އެކްސިޑެންޓްގައި އަނިޔާވި މީހަކަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.

މި މިއެކްސިޑެންޓް ހިނގާފައިވަނީ މިދިލިމަގުން ދުއްވާފައި ދިޔަ ކާރެއް ސޯލާ ޕެނަލް ހަރުކުރުމަށް ޖަހާފައި ހުރި ހޮޅިތަކުގައި ޖެހިގެން ކަމަށް ފުލުހުން ވަަނީ ބުނެފައެވެ.

މިއެކްސިޑެންޓްގައި އަނިޔާވެފައިވަނީ ކާރު ދުއްވަން އިން ޑްރައިވަރަށެވެ. ނަމަވެސް ލިބުނު އަނިޔާގެ ތަފްސީލެއް ފުލުހުން ދީފައެއް ނުވެއެވެ.

މިމައްސަލަ ފުލުހުން މިހާރު ގެންދަނީ ތަޙްޤީގު ކުރަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *