Tuesday, 28 July 2026
ކޫއްޑޫގައި މަސްވެރިން މުޒާހަރާ ކުރަނީ-- ފޮޓޯ: ސޯޝަލް މީޑިޔާ

މިފްކޯއަށް ކިރުވި މަހަށް ފައިސާ ލިބުން ލަސްވެ، މަސްވެރިން މުޒާހަރާ ކުރަނީ

މަސް ކިރުމަށްފަހު އަނބުރާ ފައިސާ ނުދޭތާ ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށް ބުނެ މަސްވެރިންގެ ބަޔަކު މިފްކޯގެ މަސް ފެކްޓަރީ ހިންގަމުންދާ ކޫއްޑޫގައި މުޒާހަރާކުރަން ފަށައިފި އެވެ.

ގއ. ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިން އެކްސްގައި، ހިއްސާކުރެއްވި ވީޑިއޯއަކާއެކު ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވީ، ސަރުކާރުން މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ނުދިނުމުގެ ސަބަބުން މަސްވެރިންނާއި އާއިލާތަކަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފައިުވާ ކަމަށެވެ.

"ދުވަހުން ދުވަހަށް މަސްވެރި އާއިލާތަކަށް ބޭނުންވާ ޒަރޫރީ ކަންކަމަށްވެސް ވަނީ ދަތިވެފައި" ސައުދު ވިދާޅުވިއެވެ.

ސޯޝަލް މީޑިޔާގައި އާންމުވެފައިވާ ވީޑިޔޯތަކުން އަދި އެއްވެސް ހަމަނުޖެހުމެއް ހިނގާފަ އެއް ނުވެއެވެ.

ސަރުކާރު ވެރިކަމާ ހަވާލުވިއިރު މަސްވެރިންނަށް ނުދީ 200 މިލިއަނެއްހާ ރުފިޔާ ހުރި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާއި ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމު ކުރިން ވިދާޅުވެފައިވެ އެވެ.

އެހެންކަމުން ނިމިދިޔަ ސަރުކާރުގައި ނުދީ ހުރި ފައިސާއާއި އަދި މިސަރުކާރު ވެރިކަމާ ހަވާލުވެ މިފްކޯ އަށް ގަނެފައިވާ މަހަށް ދޭންޖެހޭ ފައިސާގެ ތެރެއިން ޖުމްލަ 329.95 މިލިއަން ރުފިޔާ މިމަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް މަސްވެރިންނަށް ދީފައިވާނެ ކަމަށް ރައީސް މުއިއްޒުގެ ރިޔާސީ ބަޔާނުގައި ވިދާޅުވެފައިވެ އެވެ.

ރައީސް އިތުރަށް ވިދާޅުވި ގޮތުގައި ސަރުކާރުގެ އަމާޒަކީ ދުވަހުން ދުވަހަށް މަސްވެރީންނަށް ފައިސާ ދެވޭނެ އިންތިޒާމު ހަމަޖެއްސުމެވެ. އަދި ލޯނެއް ނަގައިގެން ނަމަވެސް އެކަން ކުރައްވާނެ ކަމުގައި ވިދާޅުވެފައިވެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *