ކޭ.ޕީ.އައި މާސްޓަރކްލާސް މާލޭގައި ބޭއްވުމަށް ހަމަޖައްސައިފިއެވެ.ސިންގަޕޫރުގެ ޕްރޮފެޝަނަލް އެކްރެޑިޓޭޝަން ކައުންސިލް ސިންގަޕޫރުން އެންޑޯޒްކުރާ، މިޕްރޮގްރާމްއަކީ ކޭ.ޕީ.އައި ނުވަތަ "ކީ ޕާފޯމަންސް އިންޑިކޭޓާސް" އަށް ޚާއްސަކޮށްގެން ބޭއްވޭ ކްލާސްތަކެކެވެ.
މިކްލާސްތަކުގައި ބައިވެރިވާ ފަރާތްތަކަށް އޮންލައިން ޓެސްޓަކާއި ޚާއްސަ ޕްރޮޖެކްޓްތަކެއް ސަބްމިޓްކޮށްގެން 'އިންސްޓިޓިއުޓް އޮފް ކޭޕީއައި ސްޕެޝަލިސްޓްސް އެންޑް ކެމްބްރިޖް އެކަޑަމީ އޮފް ޕްރޮފެޝަނަލްސް އިން ޔޫކޭ’ގެ ސަޓިފައިޑް ކޭޕީއައި ސްޕެޝަލިސްޓަކަށް ވުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.
މިޕްރޮގްރާމުގައި ކިޔަވައިދިނުމަށް ހަމަޖެިހފައިވަނީ 7 މޮޑިއުލްއެވެ. އެއީ އެނަޓޮމީ އޮފް ޕަރފޯމަންސް މެނޭޖްމަންޓް ސިސްޓަމް ، ކޭޕއިައި ކެމިސްޓްރީ، ކޭޕައައި ޑިޒައިނިންގ، ކޭޕީއައި ސެލެކްޝަން، ގޯލް ސެޓިން އެގެއިންސްޓް ކޭޕީއައި ، ކޭޕީއައި އެނަލިސިސް އަދި ކޭޕީއައި ޕްރޮޖެކްޓް އިމްޕްލިމަންޓޭޝަންއެވެ. އަދި ކްލާސްތައް އޮންނާނީ ހެނދުނު 9:00 ން 4:00 އަށެވެ.
މިސެޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ ދެދުވަހަކަށް ބަހާލެވިގެން، މިމަހުގެ 25 އަދި 26ވާ ހޮނިހިރު އަދި އާދިއްތަ ދުވަހު އެމްއެންޔޫ ބިޒްނަސް ސްކޫލްގައެވެ. މިސެޝަންތަކުގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލައިފައެވެ.


