Tuesday, 28 July 2026

އަސްލަމާއި ސަލީމުގެ އިތުބާރު ނެތްކަމުގެ މައްސަލަ ނަގައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމާއި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމްގެ އިތުބާރު ނެތް ކަމަށް ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ހުށަހެޅި މައްސަލަ އެ ކޯލިޝަނުން ނަގައިފި އެވެ.

ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީ އިން އަސްލަމާއި ސަލީމްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ މިދިޔަ މަހުގެ 28 ގަ އެވެ.

އެ ކޯލިޝަންގެ މަޖިލިސް މެންބަރަކު މިއަދު ވިދާޅުވީ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމާއި ނައިބު ރައީސް އަހުމަދު ސަލީމުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިވަގުތު ކުރިޔަށް ގެންދަން ބޭނުންނުވާ ކަމަށެވެ.

އެ މައްސަލާގައި އެ ދެ ބޭފުޅުންނަށް މަޖިލީހުން ވަނީ ނޯޓިސް ފޮނުވައިފަ އެވެ. އެ މައްސަލަ ކުރިއަށް ގެންދިއުމަށް ވަގުތު ކަނޑައެޅުން މިއަދު މަޖިލީހުގެ އާންމު ކޮމިޓީގައި އޮތީ ތާވަލު ކޮށްފަ އެވެ.

މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ގަރާރު ހުށަހެޅީ 23 މެންބަރުންގެ ސޮޔާއެކު އެވެ.

އަސްލަމާއި ސަލީމް މަގާމުން ވަކިކުރުމަށް މަޖިލީހުގެ އަޣުލަބިއްޔަތު ބޭނުންވާއިރު މަޖިލީހުގައި އަދިވެސް ބޮޑު އަޣުލަބިއްޔަތެއް އޮތީ އެ ދެ މެންބަރުން ނިސްބަތްވާ އިދިކޮޅު އެމްޑީޕީގެ އަތުގަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *