Tuesday, 28 July 2026

މާލޭގެ އިމާރާތެއްގެ 9 ވަނަ ބުރިން މީހަކު ވެއްޓިއްޖެ

މާލޭގައި އިމާރާތެއްގެ މަތިން ބިދޭސީއަކު ވެއްޓިގެން މިއަދު ފަރުވާދޭން ފަށައިފި އެވެ.

މަންޒަރު ދުށް ބައެއް މީހުން ބުނި ގޮތުގައި ނުވަ ވަނަ ބުރިން ވެއްޓިފައިވަނީ އޭސީ މަރާމާތު ކުރަން އުޅުނު ބިދޭސީއެކެވެ. އަދި އެ މީހާ ވެއްޓިފައިވަނީ ޗާންދަނީ މަގުގައި ހުރި ގެއެއްގެ ނުވަ ވަނަ ބުރީގެ ސިޑި ގޮޅި ތެރެއަށް ކަމަށްވެއެވެ.

ފުލުހުން ބުނީ ޗާނދަނީ މަގުގައި ހުންނަ އިމާރާތެއްގެ މަތިން އިންޑިއާގެ މީހަކު ވެއްޓިފައިވާ ކަމުގެ މައުލޫމާތު މިއަދު ހެނދުނު ލިބިފައިވާ ކަމަށެވެ.

އެ މީހާ އަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އަދި އެމީހާ ވެއްޓުނު ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. ނަމަވެސް އެ ހާދިސާ ހިނގީ ކިހިނެއް ކަމެއް އަދި އެ މީހާ ވެއްޓުނީ ކިތައް ވަނަ ފަންގިފިލާ އިން ކަމެއް އަދި ސާފެއް ނުވެ އެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *