Tuesday, 27 October 2026

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭ އިފްތިތާހުކޮށްފި

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭ ހުޅުވައިފި އެވެ.

ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުން މިކަން ހާމަކޮށްފައިވަނީ ސޯޝަލް މީޑިއާ ޕްލެޓްފޯމް "އެކްސް" ގައި ކުރި ޕޯސްޓެއްގަ އެވެ.

އެ ކުންފުނިން ބުނީ އާ ރަންވޭ ތަރައްގީ ކުރުމުގެ މަސައްކަތް ނިމިފައިވަނީ ނައިޓް ލޭންޑިން ކެޕޭސިޓީއާއެކު ކަމަށެވެ.

މީގެ އިތުރުން ރަންވޭގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް 2024 ވަނަ އަހަރުގެ މާޗް މަސް ނިމުމުގެ ކުރިން ނިންމާލެވޭނެ ކަމަށާއި އެ އާއެކު އާ ރަންވޭގެ ދިގުމިނުގައި 2،460 މީޓަރު ހުންނާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ 1200 މީޓަރުގެ އާ ރަންވޭ އިފްތިތާހު ކުރުމަކީ އެއާޕޯޓު ތަރައްގީ ކުރުމަށް އެޅުނު ވަރަށް ބޮޑު ފިޔަވަޅެކެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ 1،200 މީޓަރުގެ އާ ރަންވޭ ހުޅުވުމުން ރާއްޖޭގެ ސާވިސް އެކްސެލެންސް އާއި ރީޖަނަލް ކަނެކްޓިވިޓީއަށް އެ ކުންފުނިން ވެފައިވާ ވައުދު ފުއްދުމުގެ ފުރުސަތު ވެސް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

މިއީ ކަނެކްޓިވިޓީ އާއި އޭވިއޭޝަން އެކްސެލެންސް އިތުރުކުރުމަށް ލިބުނު "ބޮޑު" ކާމިޔާބީއެއްގެ ގޮތުގައި ވަނީ ސިފަކޮށްފަ އެވެ.

ގައުމީ އެއާލައިން މޯލްޑިވިއަން އެރޯގެ ފްލައިޓެއް އެއާޕޯޓަށް ޖައްސާފައި ވަނީ މިދިޔަ އާދިއްތަ ދުވަހު ހުޅުވުމުގެ ރަސްމިއްޔާތުގަ އެވެ.

ފުރަތަމަ ފްލައިޓުގައި ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ އިސްވެރިން ތިއްބެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *