Tuesday, 27 October 2026

"އަސާސީ މިނިވަންކަން" ދަމަހައްޓަން ޕާކިސްތާނުގެ ކަމާބެހޭ ފަރާތްތަކަށް އދ. އިން ގޮވާލައިފި

ކުރީގެ ބޮޑުވަޒީރު އިމްރާންގެ ޕީޓީއައި ޕާޓީގެ މެންބަރުންނަށް އަމާޒުކޮށް ދިން ހަމަލާއާއި ގުޅިގެން އދ.ގެ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ އެންމެ އިސް ޖަމިއްޔާއިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ހައިކޮމިޝަނަރުގެ ތަރުޖަމާނު ލިޒް ތްރޮސެލް ވަނީ މިނިވަން އިންސާފުވެރި ކަމާއެކު ވޯޓުލުމުގެ މަރުހަލާއެއް ކަށަވަރު ކުރުމަށް ޕާކިސްތާނުގެ ކަމާބެހޭ ފަރާތްތަކުގެ ކިބައިން އެދިވަޑައިގެންފަ އެވެ.

"ޕާކިސްތާނުގައި ބުރާސްފަތި ދުވަހު ބާއްވާ ޕާލަމެންޓް އިންތިހާބާ ދިމާކޮށް ސިޔާސީ ޕާޓީތަކާއި ކެނޑިޑޭޓުންނާ ދެކޮޅަށް ހިންގަމުންދާ ހަމަނުޖެހުންތައް ކުށްވެރިކޮށް، އެންމެން ބައިވެރިވާ އަދި މާނަހުރި ޑިމޮކްރެޓިކް މަރުހަލާއަކަށް ބޭނުންވާ އަސާސީ މިނިވަންކަން ދެމެހެއްޓުމަށް ކަމާބެހޭ ފަރާތްތަކަށް އިލްތިމާސްކުރަމެވެ،" އެކަމަނާ ވިދާޅުވި އެވެ.

ޕީޓީއައި އިން މީގެކުރިން ވެސް ވަނީ ފުރައްސާރަ ކުރުމާއި އެއްވުންތަކަށް ހުރަސް އެޅުމުގެ ޝަކުވާ ކޮށްފަ އެވެ.

އިމްރާންގެ މައްޗަށް ހަތަރު މައްސަލައެއް ސާބިތުވެ 34 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު، އިމްރާންއަށް ވަނީ އިންތިހާބުގައި ވާދަނުކުރެވޭ ގޮތް ހަދައިފަ އެވެ. އޭނާގެ ޕާޓީ އާއި ސަޕޯޓަރުން ބުނަނީ އެ ހުކުމްތަކަކީ ސިޔާސީ މަގްސަދެއްގައި ކޮށްފައިވާ ހުކުމެއް ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *