Tuesday, 28 July 2026

މާލެ ގެއެއްގެ ތެރޭގައި މަރުވެ، ކުނިވެފައި އޮތް މީހަކު ފެނިއްޖެ

މާލޭގެ ގެއެއްގެ ތެރޭގައި މަރުވެފައި އޮތް ދިވެހި ފިރިހެނަކު ރޭ ފެނިއްޖެ އެވެ.

ނިކަގަސް މަގުގައި ހުރި ގެއެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނީ އުމުރުން 67 އަހަރުގެ މީހެއް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މަރުވެފައިވާ މީހަކީ މާލެއަށް ޑޮކްޓަރަށް ދައްކަން އައިސް ހުރި ދިވެހި ފިރިހެނެއް ކަމަށެވެ.

މި މީހާގެ ހަބަރެއް ނުވެގެން މިރޭ 8:50 ހާއިރު ރިޕޯޓް ކުރުމުން މި މީހާ މާލޭގައި ހުރި ގެއަށް ފުލުހުން ގޮސް ބަލައި ޗެކްކުރިއިރު މި މީހާ އޮތީ މަރުވެފައި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މައުލޫމާތު އެނގޭ ބައެއް މީހުން ބުނީ، އެ ސަރަހައްދުން ކުނިވަހެއް ދުވާތާ 2-3 ދުވަސް ވެއްޖެ އެވެ. އެ މީހާގެ ހަށިގަނޑު ގެންދިޔައީ އައިޖީއެމްއެޗަށް ކަމަށާއި އޭނާ މަރުވެ، ހަށިގަނޑު އޮތީ ވަރަށް ބޮޑަށް ކުނިވެ، ހަލާކުވެފައި ކަމަށް ވެސް އެ ސަރަހައްދުގައި ތިބި ބައެއް މީހުން ބުންޏެވެ.

މި މީހާގެ ހަށިގަނޑު ފުލުހުން ގެންގޮސްފައިވަނީ އައިޖީއެމްއެޗް އަށެވެ.

މި މީހާއާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *