Tuesday, 28 July 2026

އިސްލާމިކް ޗެރިޓީ ފަންޑުން، ގުރައިދޫ މަރުކަޒަށް 32 އެނދު ހަދިޔާކޮށްފި

ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް އިސްލާމިކް ޗެރިޓީ ފަންޑުން 32 އެނދު ހަދިޔާކޮށްފި އެވެ.

ޗެރިޓީ ފަންޑުން ގުރައިދޫ މަރުކަޒަށް ހަދިޔާކުރި 32 ޒަމާނީ މެޑިކަލް އެނދަކީ ފައިސާގެ ގޮތުން 504,000 ރުފިޔާގެ އަގުހުރި އެނދުތަކެއް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.

އެނދުތައް ހަދިޔާކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ ދީނީ ކަންކަމަށް އެހީވުމަށް އިސްލާމިކް މިނިސްޓްރީއަށް ވަރަށް ގިނަ މީހުން ހައިރާތު ފައިސާ ހަވާލުކުރާކަން ފާހަގަކުރައްވާފަ އެވެ.

"ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް މިއަދު އެހީތެރިކަން ދެވިގެން މިދަނީ މިދެންނެވި ހައިރާތުގެ ތެރެއިން،" ޝަހީމް ވިދާޅުވި އެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޝަހީމް ވަނީ ހައިރާތާއި ސަދަގާތުގެ ގޮތުގައި ރާއްޖެއިން ބޭރަށް ހޭދަކުރާ ކުރުން ރާއްޖޭގެ ކަންކަމަށް ހޭދަ ކުރުމަށް އެދިވަޑައިގެންފަ އެވެ.

އެގޮތުން ނިކަމެތިންނާއި ގުރުއާން ކްލާސްތަކަށާއި ގުރުއާން މުބާރާތްތަކަށާއި ޖަމިއްޔާތަކާއި ރަށްރަށުގެ ލައިބްރަރީތައް ގާއިމް ކުރުމުގެ އިތުރުން ތައުލީމާއި އެހެނިގެން ހެޔޮ ކަންކަމަށް ވެސް ފައިސާ ހަރަދު ކުރެވޭނެކަން އޭނާ ފާހަގަކުރެއްވި އެވެ.

 

 

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *