Tuesday, 28 July 2026

އަމީނީ މަގުގައި ހުރި މައްސަލަތައް ބަލައި ރަނގަޅު ކުރަނީ

ޒަމާނީ ފެންވަރަކަށް ތަރައްގީކުރަމުންދާ އަމީނީ މަގުން ފާހަގަވާ ހުރިހާ މައްސަލަތަކެއް ހައްލުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ.

އަމީނީ މަގުގައި ކުރިން ތާރު އަޅާފައިވާ ސަރަހައްދުގައި ތާރުގަނޑު ނައްޓައިގެން ގޮސްފައިވާ މަންޒަރު ފެންނަ ވީޑިއޯއެއް ޕޯސްޓް ކުރުމާއި ގުޅިގެން އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު އަބްދުﷲ މުއްތަލިބު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަމީނީ މަގު އިއްޒުންދީން މަގާ ހަމައަށް ކޮށްފައިވާ މަސައްކަތަކީ 17 ނޮވެންބަރުގެ ކުރިން ކޮށް ނިންމާފައިވާ މަސައްކަތެއް ކަމަށާއި މިހާރު ދަނީ އަމީނީ މަގުގެ އެއްކޮޅުން އަނެއްކޮޅަށް ހުރި މައްސަލަތައް ބަލައި ރަނގަޅުކުރުމުގެ މަސައްކަތް ކުރަމުން ކަމަށެވެ.

ވަޒީރުގެ ޓްވީޓްގައި ފާހަގަކޮށްފައިވާ ގޮތުން ސޯޝަލް މީޑިއާގައި ދައުރުވަމުންދަނީ ކުރީ ސަރުކާރުން ހަދާފައިވާ އަމީނީ މަގުގެ ސެގްމަންޓްތަކުން ހަލާކުވެފައިވާ ތަންތަނުގެ ފޮޓޯތަކެވެ. އަދި އަމީނީ މަގު "އެއްކޮޅުން އަނެއްކޮޅަށް" ބަލައި، ފާހަގަވާ މައްސަލަތައް ރަނގަޅުކުރުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން މިހާރު ކުރަމުންދާކަމަށް ވަޒީރު ވިދާޅުވި އެވެ.

އަމީނީ މަގުގެ ތާރު އެޅުމުގެ މަސައްކަތް ފެށީ ނިމިދިޔަ ސަރުކާރުންނެވެ. ރޯޑް ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ)ން މި މަސައްކަތް ކުރިއަށްގެންދާއިރު، ވެރިކަން ބަދަލުވުމާ ހަމަޔަށްވެސް މުޅި މަގުގައި ތާރު އަޅާ ނުނިމެއެވެ.

މި ސަރުކާރުން ވެރިކަމާ ހަވާލުވެ އަމީނީމަގުގެ ބާކީ ދެ ސެގްމަންޓުގެ މަސައްކަތް ފެށީ މިދިޔަ ޑިސެމްބަރު މަހުގެ 9 ވަނަ ދުވަހުއެވެ. މި މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްގޮސް މަސް ދުވަސް ނުވަނީސް ވަނީ ނިންމާލައިފައެވެ.

 

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *