ރާއްޖޭގައި ކޮންޓްރޯލްކޮށްފައިވާ ބައްޔެއް ކަމަށްވާ، ހޯއްގޮވާ ކެއްސުން ބައްޔަށް ތިން ކުޑަކުދިން ޕޮޒިޓިވްވެއްޖެއެވެ.
3 ކުއްޖަކު މި ބައްޔަށް ޕޮޒިޓިވް ވުމާ ގުޅިގެން، ހެލްތް ޕްރޮޓެކްޝަން އެޖެންސީން ވަނީ، ވީހާވެސް އަވަހަށް އެ ބައްޔަށް ދޭ ވެކްސިން ޑޯޒްތައް ފުރިހަމަކުރުމަށް އިލްތިމާސް ކޮށްފައެވެ.
ހޯއްގޮވާ ކެއްސުމުން ރައްކާތެރިކުރުމަށް ރާއްޖޭގައި ގަވާއިދުން ވެކްސިން ދެމުންދާތީ މިއީ ކޮންޓްރޯލްކުރެވިފައިވާ ބައްޔެއްކަމަށްވި ނަމަވެސް މި ބަލީގެ ކޭސްތައް ރާއްޖޭގައި މަދުންނަމަވެސް ފެންނަމުންދެއެވެ.
މިމަހު މިބައްޔަށް ޕޮޒިޓިވް ވީ ގއ.ވިލިނގިލިން 3 ކުޑަކުދިންނެވެ.
އައިޖީއެމްއެޗްއާއި ގއ. އަތޮޅު ހޮސްޕިޓަލާ ގުޅިގެން ބަލި ޖެހިފައިވާ އިތުރު ބަޔަކު ތިބިތޯ ބެލުމަށް ކޮންޓެކްޓް ޓްރޭސިން ކުރިއަށް ގެންދާ ކަމަށް ބުނެއެވެ.
އެޗްޕީއޭއިން ބުނެފައި ވަނީ މި ބަލި ޖެހުމުގއ ނުރައްކާ ބޮޑީ ތުއްތު ކުދިންނަށެވެ. އެހެން ކަމުން، ހަތް އަހަރު ނުވާ ކުދިން ވެކްސިންގެ ޑޯޒްތައް ފުރިހަމަ ނުކޮށް ހުރި ނަމަ، ވީހާ ވެސް އަވަހަކަށް އެކަން ކުރުމަށް އިލްތިމާސްކޮށްފައި ވެއެވެ.


