1992 ގައި އިންޑިޔާގެ ހައްދުފަހަނައަޅާފައިވާ ހިންދޫޫ ގްރޫޕަކުން ނުކުމެ އެ ޤައުމުގެ އުތުރުގެ އަވަށެއް ކަމަށްވާ އަޔޯދިޔާގައި ހުރި މުޣުލް ޒަމާނުގެ ތާރީހީ ބަބަރީ މިސްކިތް ތަޅާލިތަނުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބޮޑު ފައްޅިއެއް ހުޅުވަން ތައްޔާރުވެއްޖެ އެވެ.
މިއަދު މި ފައްޅި ހުޅުވާއިރު، މިކަމާ ގިނަ ބަޔަކު ދަނީ ނުރުހުން ފާޅުކުރަމުންނެވެ. އޭގެތެރޭގައި އިންޑިޔާގެ އުތުރަށް ނިސްބަތްވާ އެކި ދީންތަކަށް ނިސްބަތްވާ ގިނަ ބައެއްގެ އިތުރުން އިންޑިއަން ނޭޝަނަލް ކޮންގްރެސް އާއި އިންޑިއާގެ އިދިކޮޅު ގިނަ ޕާޓީތައް ހިމެނެއެވެ. އަދި އެއީ ސެކިއުލާ އިންޑިއާއަކަށް އެކަށީގެންވާ ކަމެއް ނޫން ކަމަށް ގިނަ ސިޔާސީ މީހުން ދަނީ ބުނަމުންނެވެ.
ބަބަރީ މިސްކިތް ހުރިތަނުގައި ހިންދޫ ފައްޅިއެއް ހުޅުވުމާއި ދެކޮޅަށް ނޭޝަނަލް ކޮންގްރެސް ޕާޓީއިން ޕާލިމަންޓްގައި ވެސް ވާހަކަދައްކާފައި ވެއެވެ.
މުޣުލް ރަސްގެފާނު ބަބަރީގެ ނަމުން ނަން ދީފައިވާ ބަބަރީ މިސްކިތް 1992 ވަނަ އަހަރު ހިންދޫންގެ ބަޔަކު ތަޅާލުމުގެ ކުރިން އެތައް ސަތޭކަ އަހަރެއް ވަންދެން މުސްލިމުން ދިޔައީ އެ މިސްކިތް ބޭނުންކުރަމުންނެވެ.
އެމިސްކިތް ތަޅާލުމުން އިންޑިޔާގެ ސްޕްރިމް ކޯޓުން ވަނީ އެ މިސްކިތް އަޅަން އެހެން ބިމެއް ދީފައެވެ. އެހެންނަމަވެސް އަސްލު ބަބަރީ މިސްކިތްހުރިތަނަކީ އެތައް ސަތޭކަ އަހަރެއް ވަންދެން މުސްލިމުން ބޭނުން ކުރަމުން އައި ތަނެއްކަމުން އެތަން މުސްލިމުންނަށް އަނބުރާ ނުދީ ހިންދޫ ދީނުގެ ފައްޅިއެއް އެޅުމަކީ ސެކިއުލާ އިންޑިއާއަކަށް އެކަށީގެންވާ ކަމެއް ނޫން ހިންދޫ ދީނުގެ އިތުރުން އެހެން ދީންތަކަށް ނިސްބަތްވާ މީހުން ވެސް ދަނީ ބުނަމުންނެވެ.
16 ވަނަ ގަރުނުގެ އެ މިސްކިތް ތަޅާލުމާ އެކު، އިންޑިޔާއަށް މިނިވަންކަން ލިބުނުފަހުން އިންޑިޔާ މިނިވަންވި ފަހުން ހިނގި އެންމެ ނުރައްކާތެރި ދީނީ ހަމަނުޖެހުންތަކެވެ. މި ހަމަނުޖެހުންތަކުގައި 2،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އޭގެ ތެރޭގައި ގިނައީ މުސްލިމުންނެވެ. އަދި އޭގެފަހުން އިންޑިއާގެ ރަސްމީ ސެކިއުލާ ސިޔާސީ ނިޒާމުގެ ބިންގާ އެޅިއެވެ.
ދުނިޔޭގެ އެންމެ އާބާދީ ބޮޑު އިންޑިއާގެ އުއްތަރު ޕްރަދޭޝްގެ އެކި ސަރަހައްދުތަކުގައި ދިރިއުޅޭ މުސްލިމުންނަށް ނޭޝަނަލިސްޓުންގެ ހަމަލާތައް ލިބެމުންނެވެ. އެ ޤައުމުގައި މިހާރުވެސް 200 މިލިއަން މުސްލިމުން ދިރިއުޅެ އެވެ.


