Tuesday, 28 July 2026

ހުޅުމާލޭ ފޭސް އެކެއްގައި އިތުރު ސްކޫލެއް އަޅަން ހަވާލުކޮށްފި

ހުޅުމާލޭ ފޭސް އެކެއްގައި އިތުރު ސްކޫލެއް އަޅަން އަމިއްލަ ބަޔަކާ އެކީ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެ އެއްބަސްވުން ހެދީ މަދީނާ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާ އެކީގަ އެވެ. އެޗްޑީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދެވެ. އަލް މަދީނާ އިންވެސްޓްމެންޓްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަދި އިސްލާމިކް މިނިސްޓަރުގެ ޑެޕިއުޓީ އަލީ އަހްސަނެވެ.

މި އެއްބަސްވުމުގެ ދަށުން ހަދާ ސްކޫލްގައި ދޮޅު އަހަރުގެ ތެރޭގައި ޕްރީސްކޫލްގެ ދަރިވަރުންނަށް ކިޔަވައި ދޭން ފަށާނެ އެވެ. އަދި އޭގެ ފަހުން ގްރޭޑް 1-10 އަށް ކިޔަވައިދެވޭ ފެންވަރަށް އަދި އޭގެ އިތުރުން މަތީ ތައުލީމު އުނގަންނައިދެވޭ ފެންވަރަށް ސްކޫލް ތަރައްގީ ކުރަން ހަމަޖެހިފައިވެ އެވެ.

އެޗްޑީސީން ބުނީ ސްކޫލުގެ މައިގަނޑު ބޭނުމަކީ ދަރިވަރުންނަށް ފުރިހަމަ އިސްލާމީ ތަޢުލީމު ރަނގަޅު ގޮތުގައި ފޯރުކޮށް ދިނުން ކަމަށެވެ.

މި ސްކޫލް ހަދަން ނިންމާފައި ވަނީ ހުޅުމާލެ ރެޑްވޭވް ސިޓީ ސްކޮއަ ސަރަހައްދުގަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *