Tuesday, 28 July 2026

ބުޅާތަކަށް ހާއްސަކޮށް ފަރުކޮޅުފުށީގައި ސެންޓަރެއް ހަދަނީ

ފަރުކޮޅުފުށީގައި ބުޅަލަށް ހާއްސަ ސެންޓަރެއް ގާއިމުކޮށް މާލޭގެ މަގުމަތީގައި އުޅޭ ބުޅާތައް އެތަނަށް ގެންދަން ނިންމައިފި އެވެ.

ރައީސް އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، އަބްދުﷲ ނާޒިމް ވިދާޅުވީ މާލޭގެ މަގުތަކުގައި ބުޅާތައް ގިނަވުމަކީ މާލޭގެ ރައްޔިތުން ކަންބޮޑުވާ ކަމެއް ކަމަށެވެ. އެކަމަށް ހައްލު ހޯދުމަށް ޕެޓް ކެއާ ފެސިލިޓީއެއް ގާއިމު ކުރުމާ ގުޅޭ ގޮތުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާ އިން ސޯޝަލް ކައުންސިލަށް ކަރުދާހެއް ހުށަހެޅި ކަމަށް އޭނާ ވިދާޅުވިއެވެ.

ނާޒިމު ވިދާޅުވީ ޕެޓް ކެއާ ފެސިލިޓީއެއް ގާއިމުކުރަން ފަރުކޮޅުފުށިން ބިން ހަމަޖެހިފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީ އާއި މާލޭ ސިޓީ ކައުންސިލާ ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުން ފަރުކޮޅުފުށީގައި ޕެޓް ކެއާ ފެސިލިޓީއެއް ގާއިމުކުރަން ނިންމާފައިވާ ކަމަށެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *