Tuesday, 28 July 2026

ދޯނީގެ ބުރަފަތިން ޖެހި ފަތުރުވެރިއެއްގެ ފައި ބުރިވެއްޖެ

ހުޅުމާލެ ކައިރީ އޮންނަ ޑައިވިން ޕޮއިންޓަކަށް ޑައިވް ކުރި ޓުއަރިސްޓަކު މައްޗަށް އެރި ވަގުތު ޑައިވިން ދޯނީގެ ބުރަފަތީގައި ޖެހި އޭނާގެ ފައި ބުުރި ވެއްޖެ އެވެ.

ފުލުހުން ބުނީ މި ހާދިސާ ހިނގީ ޑައިވިނަށް ގޮސް މައްޗަށް އެރި ވަގުތު ދޯނީގެ ބުރަފަތީގައި ޖެހިގެން ކަމަށެވެ.

އަދި އެހާދިސާގައި ފައިބުރިވީ އުމުރުން 63 އަހަރުގެ އެމެރިކާ އަންހެނަކަށް ކަމަށާއި އޭނާގެ ފައިގެ ކަކުލުހުޅުގެ ތިރިން ފައި މުޅިން ބުރިވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އޭނާއަށް ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް ވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

މި ހާދިސާގެ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ. ފުލުހުން ބުނީ މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *