Tuesday, 27 October 2026

މަޖިލިސް އިންތިހާބު އޮބްޒާވްކޮށް، މޮނިޓަކުރަން ކުރަން ހުޅުވާލައިފި

17 މާޗްގައި ބާއްވަން ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލިސް އިންތިހާބު އޮބްޒާވްކޮށް، މޮނިޓަކުރަން ބޭރުގެ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފި އެވެ.

އިލެކްޝަން ކޮމިޝަން (އީސީ) އިން ގެޒެޓްކޮށް ނެރެފައިވާ އިއުލާނެއްގައ ބުނީ ބޭރުގެ ޖަމިއްޔާ ޖަމާއަތްތަކަށް އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ. އަދި މި މަހުގެ 30 އިން ފެށިގެން އަންނަ މަހުގެ 16 އާއި ހަމަޔަށް ފޯމުތައް ބަލައިގަންނާނެ ކަމަށް އީސީން ބުނެފައި ވެއެވެ.

ރައްޔިތުން މަޖިލިސް އިންތިހާބުގައި ވާދަކުރަން މި މަހުގެ 30 ގައި ހުޅުވައިލާނެ އެވެ. އަދި މި އިންތިހާބުގައި މަންދޫބުންނަށްވުމުގެ ފުރުސަތު ހުޅުވައިލަން ނިންމާފައި ވަނީ އަންނަ މަހުގެ 16-23 އަށެވެ.

މަޖިލިސް އިންތިހާބު އޮބްޒާވްކޮށް، މޮނިޓަކުރުމުގެ ފުރުސަތު ބޭރުގެ ފަރާތްތަކަށް ހުޅުވައިލި އިރު، މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުގައި ބޭރުގެ 143 އޮބްޒާވަރުންނާއި 22 މޮނިޓަރުން ހަރަކާތްތެރިވި އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *