Tuesday, 28 July 2026

ހަ އަހަރު ފަހުން ސަބުދެލި މަގު ހުޅުވާލައިފި

ބަންދު ކޮށްފައި އޮންނަތާ އަހަރުތަކެއް ވެފައިވާ ސަބުދެލި މަގު މަރާމާތުކޮށް، މިއަދު އަލުން ހުޅުވައިފިއެވެ.

ހިރިޔާ ސްކޫލުގެ އުތުރުން އޮންނަ މަގު ހުޅުވައިލުމުގެ މަސައްކަތް ޕަބްލިކް ވޯކްސް މިނިސްޓްރީން ފެށީ މި މަހުގެ ހަވަނަ ދުވަހު އެވެ.އެ މިނިސްޓްރީން އެ މަގު ހުޅުވި ސަބަބެއް ކަމަށް އޭރު ބުނީ އަމީނީ މަގު ހަދަމުންދާތީ ޓްރެފިކަށް ދިމާވެފައިވާ މައްސަލަ ހައްލު ކުރުމަށް ކަމަށެވެ. އަމީނީ މަގުގެ މަސައްކަތް ނިންމައި މިހާރު ވަނީ އެއްކޮށް ހުޅުވާލައިފަ އެވެ.

މިކަމާ ގުޅިގެން ކޮންސްޓްރަކްޝަން އެންޑް އިންފްރާސްތްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ލޯކަލް ގަވާމަންޓް މިނިސްޓްރީއާއި، އާރްޑީސީގެ އެހީތެރިކަމާއެކު، ކަނބާ އައިސާ ރަނި ހިނގުމާއި ބޮޑު ތަކުރުފާނު މަގާ ދެމެދުގައި އޮންނަ ސަބުދެލި މަގު އާންމުންނަށް ހުޅުވައިލައިފައިވާ ކަމަށެވެ.

މީގެ އަހަރުތަކެއް ކުރިން، ސަބުދެލި މަގު ބަންދުކުރީ ލަގްޒަރީ އެޕާޓްމަންޓުތަކެއް އެޅުމަށް މަގުފަހިކުރުމަށެވެ. ނަމަވެސް އެ މަސައްކަތް މިހާތަނަށް ފެށިފައިނުވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *