ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ކާގޯ ޓަރމިނަލް ރަސްމީކޮށް މިއަދު ހުޅުވައިފި އެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ކާގޯ ޓަރމިނަލް ހުޅުވމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މި ޓާމިނަލް ހުޅުއްވައިދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ތެރޭގައި ހިމެނިގެން ތަރައްޤީކޮށްފައިވާ މި އައު ކާގޯ ޓަރމިނަލަކީ ކުރީގެ ޓަރމިނަލަށްވުރެ ކާގޯ ހޭންޑްލިންގގެ މަސައްކަތް ގާތްގަނޑަކަށް ތިންގުނަ އިތުރަށް ކުރެވޭ ވަރުގެ ޓަރމިނަލެކެވެ. އެގޮތުން ކުރީގެ ބާ ޓަރމިނަލުން އަހަރަކު 50،000 ޓަނުގެ ކާގޯގެ ޚިދުމަތްދެވޭ އިރު މި އައު ކާގޯ ޓަރމިނަލާއެކު ޖުމްލަ 120،000 ޓަނުގެ ކާގޯގެ ޚިދުމަތް އަހަރަކު ދެވޭނެ ގާބިލުކަން ހުންނާނެއެވެ.
އައު ކާގޯ ޓަރމިނަލުގައި ކުރީގެ ޓަރމިނަލަށްވުރެ ގިނަ ވަޞީލަތްތައް ޤާއިމުކޮށްފައިވާއިރު އައު ޓަރމިނަލުގައި ބޭނުންކުރަނީ ތިމާވެއްޓާ ރަހުމަތްތެރި އުޅަނދެވެ. މީގެ އިތުރުން އައު ކާގޯ ޓަރމިނަލުގައި 3 ބުރިއަށް އިމާރާތްކޮށްފައިވާ އޮފީސް އިމާރާތެއް ހިމެނޭއިރު އެއަރލައިންތަކާއި ބްރޯކަރުންނަށް ޚާއްޞަކޮށް މިތަނުގައި 55 އޮފީހުގެ ޖާގަ ހިމެނެއެވެ.
ރައީސް ޑރ. މުއިއްޒު ދާދިފަހުން ވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް އަހަރަކު ޖުމްލަ 25،000 ފަތުރުވެރިންނަށް ޚިދުމަތް ދެވޭ ފެންވަރަށް ތަރައްޤީކުރުމުގެ މެގަ ޕްރޮޖެކްޓް އިޢުލާނު ކުރައްވާފައެވެ.


