Tuesday, 28 July 2026
ފޮޓޯ/ ދަ ޓައިމްސް އޮފް އައްޑޫ

ރާއްޖޭގައި އިންފުލުއެންޒާ ފެތުރެނީ، އެކަކު މަރުވެއްޖެ!

ރާއްޖޭގައި އިންފުލުއެންޒާ ފެތުރެމުންދާ ކަމަށާއި، ތިން މީހަކަށް މި ވަގުތު އައިޖީއެމްއެޗުގައި ފަރުވާ ދެމުންދާ ކަމަށް އެތެރެހަށީގެ ޑޮކްޓަރު މުހައްމަދު އަލީ ވިދާޅުވެއްޖެ އެވެ.

މުހައްމަދު އަލީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ތިން ޒުވާނަކަށް އައިޖީއެމްއެޗުން ވެންޓިލޭޓަރުގައި ބާއްވައިގެން ފަރުވާ ދެމުން ދަނީ އިންފުލުއެންޒާގެ ނިއުމޯނިއާ ޖެހިގެން ކަމަށެވެ.

ޑޮކްޓަރު ވިދާޅުވި ގޮތުގައި މިދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި އެ ބަލީގައި ޒުވާނަކު ވެސް ވަނީ ނިޔާވެފަ އެވެ.

އެ ބަލީގެ އައުޓްބްރޭކެއް އަތުވެދާނެ ކަމަށް ނުބެލެވުނަސް ބަލީގައި ބޮޑުވަރު ވުމުން ރައްކާތެރިވުމަށް އިންފުލުއެންޒާ ވެކްސިން ޖެހޭނެ ކަމަށް ޑރ. މުހައްމަދު އަލީ ވިދާޅުވި އެވެ.

އަދި ބަލީގައި ހާލު ދެރަވެ ނުދިޔުމަށް އިންފްލުއެންޒާ ވެކްސިން ޖެހުމަށް އިލްތިމާސްކުރެއްވި އެވެ. އަދި އެ ވެކްސިން އާސަންދަ ސްކީމުން ލިބޭނެ ގޮތް ވުމަކީ އުންމީދެއް ކަމަށް ޑޮކްޓަރު ލިޔުއްވާފައިވެ އެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *