Tuesday, 28 July 2026

އެމްޓީސީސީއަށް ލުއިދިނުމަށް އިތުރު ކުންފުންޏެއް އުފައްދަނީ!

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީން ކުރާ މަސައްކަތްތައް ކުރާ އިތުރު ކުންފުންޏެއް އުފައްދަން ސަރުކާރުން ނިންމައިފި އެވެ.

މިއަދު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، އަބްދުﷲ ނާޒިމް ވިދާޅުވީ، ބޮޑެތި އުމްރާނީ ތަރައްގީގެ މަޝްރޫއުތަކާއި ދަތުރުފަތުރުގެ ހިދުމަތް ފޯރުކޮށްދިނުމަށް އުފައްދާފައިވާ އެމްޓިސީސީގައި ވަަރަށް ގިނަ މަސައްކަތްތައް ފުނިޖެހިފައިވާ ކަމަށެވެ.

"އެނގިވަޑައިގަންނަވާނޭ ފަދައިން އެމްޓީސީސީގައި ވަރަށް ގިނަ މަސައްކަތްތަކެއް މިހާރު ވަނީ ފުނިޖެހިފައި. އެބޭފުޅުންނަށް ކުރެވޭ ވަރަށް ވުރެ މަސައްކަތްތަކުގެ އަދަދު ގިނަވެ، މަސައްކަތްތައް ބޮޑުވެފައި ވާތީވެ އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން ކުރެވުނު މަޝްވަރާއެއް މަޝްވަރާއަކީ،" އޭނާ ވިދާޅުވި އެވެ.

އެހެންވެ، އެ ކުންފުންޏަށް ބާރުކުޑަކޮށް، މަޝްރޫއުތައް އަވަހަށް ނިންމަން އެފަދަ އިތުރު ކުންފުންޏެއް އުފައްދަން ވަޒީރުންގެ މަޖިލީހުން މިއަދު ނިންމާފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުން، ފައިދާނުވާ ކުންފުނިތަކާ މެދު ގޮތްތަކެއް ނިންމަން ވެސް ވަޒީރުންގެ މަޖިލީހުގައި ނިންމާފައިވާ ކަމަށް ވެސް ނާޒިމްވަނީ ވިދާޅުވެފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *