Tuesday, 28 July 2026
އާދަމް އާޒިމް -- ފޮޓޯ/ އެމްޑީޕީ

އާޒިމް، މާލޭ މޭޔަރު ބައި އިލެކްޝަން ކާމިޔާބު ކުރައްވައިފި

މާލޭގެ މޭޔަރު ހޮވުމަށް މިއަދު ބޭއްވި ބައި -އިލެކްޝަން އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި އާދަމް އާޒިމް ބޮޑު ތަފާތަކުން ކާމިޔާބު ކުރައްވައިފި އެވެ.

މާލޭގެ މޭޔަރު ކަމުގެ ގޮނޑި ހުސްވީ އެ މަގާމުގައި ހުންނެވި ރައީސް ޑރ. މުހައްމަދު މުއިއްޒު ރައީސް ކަމުގެ މަގާމަށް އިންތިހާބުވެވަޑައިގަތުމާ ގުޅިގެންނެވެ.

މިއަދު ހެނދުނު 8 އިން ހަވީރު 5 ޖެހުމާ ހަމައަށް ބޭއްވި އިންތިހާބުގައި މިހާތަނަށް ގުނުނު 44 ވޯޓު ފޮށީގެ ނަތީޖާ ދައްކާ ގޮތުން އާޒިމް ވަނީ 5،303 ވޯޓު ކާމިޔާބުކުރައްވައިފަ އެވެ. މި އިންތިހާބުގައި ބެހެއްޓީ 55 ވޯޓު ފޮށްޓެވެ.

ޕީއެންސީގެ ކެންޑިޑޭޓު އައިޝަތު އާޒިމާ ޝަކޫރަށް ލިބިވަޑައިގެންފައިވަނީ 3،301 ވޯޓެވެ. ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓު މުހައްމަދު ސައިފް ފާތިހަށް 1،634 ވޯޓު ލިބިވަޑައިގެންއިރު ޕީއެންއެފްގެ ކެންޑިޑޭޓު ހުސައިން ވަހީދަށް ލިބިވަޑައިގަތީ 1،236 ވޯޓެވެ. އަދި އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރެއްވި ޝުއައިބު އަލީއަށް ލިބިވަޑައިގެންފައިވަނީ 91 ވޯޓެވެ.

މާލޭގެ މޭޔަރު ކަމުގެ އިތުރުން ސިޓީ ކައުންސިލުން ހުސްވެފައިވާ ތިން ދާއިރާ އަށް ކައުންސިލަރުން އިންތިހާބު ކުރުން ވެސް މިއަދު އޮތެވެ. އެ ތިން ދާއިރާ އަކީ ހެންވޭރު ދެކުނު ދާއިރާ އާއި މާފަންނު ދެކުނު ދާއިރާގެ އިތުރުން މެދު ހެންވޭރު ދާއިރާ އެވެ.

މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު 54،680 މީހަކަށް ލިބިފައިވީ ނަމަވެސް ވޯޓުލުމުގެ ހައްގު ބޭނުންކޮށްފައިވަނީ ނިސްބަތުން މަދު ބައެއް ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *