ޗައިނާގެ އެހީގައި ރަސްމާލޭގައި ފްލެޓު އަޅަން އެއްބަސްވެއްޖެއެވެ.
ރައީސް ޑރ. މުއިއްޒު ޗައިނާ އަށް މިހާރު ކުރައްވަމުން ގެންދަވާ އެ މަނިކުފާނުގެ ފުރަތަމަ ފުރަމާނަ ދަތުރުފުޅުގައި 20 އެމްއޯޔޫއެއްގައި ޗައިނާ ސަރުކާރާ އެކު އިއްޔެ ސޮއިކުރި އެވެ. އޭގެ ތެރެއިން އެއް އެމްއޯޔޫއަކީ ފުށިދިއްގަރުފަޅު ނުވަތަ ރަސްމާލޭގައި ސޯޝަލް ހައުސިންޔުނިޓް އިމާރާތް ކުރުމާ ގުޅޭ އެއްބަސްވުމެކެވެ.
ޗައިނާގެ ޗައިނާ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީއާއި، ރާއްޖޭގެ އިމާރާތްކުރުމާއި ބިނާރާ ބެހޭ ޑރ. އިބްރާހިމް މުއްތަލިބާއެކު މި އެއްބަސްވުމުގައި ސޮއިކުރެއްވިއިރު، މި އެއްބަސްވުމުގެ ތެރޭގައި ފުށިދިއްގަރު ފަޅުގައި ސޯޝަލް ހައުސިންގ ޕްރޮޖެކްޓެއް ހިންގުމުގެ މަޝްރޫއުވެސް ހިމެނެއެވެ.
އެހެން ނަމަވެސް މި މަޝްރޫއުގެ ދަށުން އަޅަނީ ކިހާ ފްލެޓެއްކަން އަދި ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ. އަދި މި ފްލެޓްތައް ހެދުމަށް ޗައިނާ އިން ދޭ ހިލޭ އެހީގެ އަދަދެއް އެއީ ނުވަތަ ލޯނެއް ކަމެއް ނުވަތަ ފައިސާ މެނޭޖު ކުރާ ގޮތެއް އަދި ސާފެއް ނޫނެވެ.


