Tuesday, 28 July 2026

ޖުވެނައިލް ކޯޓުގެ ވެބްސައިޓް ހެކްކޮށްފި

އިންޑިއާ ދިދަޖަހާފަ ހުރި ހެކަރުން ރާއްޖޭގެ ޖުވެނައިލް ކޯޓުގެ ވެބްސައިޓް ހެކްކޮށް، ދިވެހިންނަށް އިންޒާރެއް ދީފި އެވެ.

ޖުވެނައިލްކޯޓުގެ ވެބްސައިޓް ހެކްކޮށް، ހެކަރުން ލިއުނު ދިގު މެސެޖެއްގައިވާ ގޮތުން އެޖަރީމާ ހިންގީ އިންޑިއާގެ ހެކަރުންގެ ގިނަ ޖަމާއަތްތަކެއް ބައިވެރިވެގެންނެވެ. އޭގެ ތެރޭގައި ދިވެހިން އެންމެ ގިނައިން ދަތުރުކޮށް އުޅޭ ކެރެލާ ސްޓޭޓްގެ ހެކަރުންގެ ޖަމާއަތެއް ވެސް ހިމެނެ އެވެ.

ޖުވެނައިލް ކޯޓުގެ ވެބްސައިޓަށް ވަނުމުން މިހާރު ފެންނަނީ އިންޑިއާގެ ދިދައާ އެކު ލިޔެފައިވާ އިންޒާރުގެ ލިޔުމެކެވެ.

އޭގައި ވާގޮތުން ޖުވެނައިލް ކޯޓުގެ ވެބްސައިޓް ހެކްކޮށްފައި ވަނީ އިންޑިއާގެ 'ޓީމް ނެޓްވޯކް9′ ކިޔާ ބައެކެވެ. އަދި އެ ވެބްސައިޓް ހެކްކުރީ މި ފަހުން ސަރުކާރުގެ ތިން ޑެޕިއުޓީ މިނިސްޓަރުން ކަމަށްވާ މަލްޝާ ޝަރީފް، މަރިޔަމް ޝިއުނާ އަދި އަބްދުﷲ މަހްޒޫމް މާޖިދު އިންޑިއާއާ ގުޅުވައި ދައްކާފައިވާ ވާހަކައިގެ ސަބަބުން ކަމަށް އެ ލިޔުމުގައި ވެއެވެ. އޭގައި ވާގޮތުން އެ އަމަލަކީ ލަދުވެތި އަމަލެއްގެ އިތުރުން އެކަމުގެ ސަބަބުން އިންޑިއާއާއި އެހެން ގައުމުތަކާމެދު އޮންނަ ގުޅުމަށް ބުރޫ އަރާނެއެވެ.

އެވާހަކަތަކަށް ފަހު ދިވެހިންނަށް އިންޒާރުދެމުން ހެކަރުންގެ މެސެޖްގައި ބުނީ އެމީހުންނަކީ ރާއްޖޭގެ ސައިބާ ސްޕޭސްއަށް ބޮޑެތި ގެއްލުންތައް ދިނުމުގެ ގާބިލުކަން ހުރި ބައެއް ކަމަށެވެ.

އިންޑިއާގެ ޖަޒީރާ އަތޮޅެއްގެ ގޮތުގައި އޮންނަ ލަކްޝަދީޕް އަށް މޯދީ ކުރެއްވި ޒިޔާރަތުގެ ވީޑިއޯއަކާއެކު އިންޑިއާ މީހަކު ޖެނުއަރީ 4، ގައި އެކްސްގައި ކުރި ޕޯސްޓަކަށް، ރާއްޖޭގެ ތިން ޑެޕިއުޓީ މިނިސްޓަރުން ކޮށްފައިވާ ރިޕްލައިތަކަކާ ގުޅިގެން ރާއްޖެއާ ދެކޮޅަށް އިންޑިއާގެ ސޯޝަލް މީޑިއާ އެކްޓިވިސްޓުންނާއި ބޮލީވުޑްތަރިން ހިމެނޭ ގޮތަށް ވަނީ ކެމްޕޭނެއް ފަށައިފަ އެވެ

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *