Tuesday, 28 July 2026

ކައިރި ގައުމުތަކާއި މެދުގައި އޮންނަ ގުޅުމަށް ބުރޫއަރާ ފަދަ ބަސްތައް ބޭނުންކުރާނަމަ އިޤްތިސާދު އަނދަވަޅަކަށް ވެއްޓިދާނެ – ސަފާތު

ކައިރި ގައުމުތަކާއި މެދުގައި އޮންނަ ގުޅުމަށް ބުރޫއަރާފަދަ ބޭއަދަބީ ދަށުދަރަޖައިގެ ބަސްބަހުން މުއާމަލާތް ކުރުމަކީ ދިވެހީންގެ އިޤްތިސާދު އަނދަވަޅަކަށް ވެއްޓިދާނެކަމެއް ކަމަށް ކުރީގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާން, ސަފާތު އަހުމަދު ޒާހިރު ވިދާޅުވެއްޖެއެވެ.

ރާއްޖެ އަދި އިންޑިޔާ އާއި ދެމެދު ފަތުރުވެރިކަމުގެ ސިނާޔަތާއި ގުޅިގެން ޖެހިފައިވާ މައްސަލައަށް އަލިއަޅުއްވާލަމުން "އެކްސް"ގައި ކުރެއްވި ޕޯސްޓެއްްގައި ސަފާތު ވިދާޅުވީ މިއީ ދިވެހިރާއްޖެ ފަދަ އަވަށްޓެރި ގައުމުތަކަށް އިންތިހާއަށް ބަރޯސާވާ ގައުމަކުން ކުރަންވާނެ ކަމެއް ނޫންކަމަށެވެ. އަދި މީގެ ސަބަބުން ގައުމަށް ކުރާނެ ނޭދެވޭ އަސަރާއިމެދު ފިކުރު ހިންގާ، ސަރުކާރުން މިކަމާއި މެދުގައި އެންމެ އެކަށޭނެ ހަރުދަނާ ފިޔަވަޅު އެޅުމަށް ސަފާތުވަނީ ގޮވާލައްވާފަ އެވެ.

ސަފާތު ވިދާޅުވިގޮތުގައި ދިވެހިރާއްޖެއާއި އިންޑިޔާއަކީ ޒަމާނުއްސުރެ އެކުވެރި، އަދި އެކުއެކީގައި ކުރިއަރައިގެންދާ ދެޤައުމެވެ. 1965 އިން ފެށިގެން މިއަދާއި ހަމައަށް ވޭތުވެދިޔަ 60 އަހަރު ތެރޭގައި ރާއްޖެއަށް އެންމެ ކައިރިން އެހީތެރިކަން ފޯރުކޮށްދިން އެއް ގައުމަކީ އިންޑިޔާކަމަށް ސަފާތު ވަނީ ވިދާޅުވެފަ އެވެ. އެގޮތުން ނަސްރު ދުވަހުގެ އުދުވާނީ ހަމަލާއިން ފެށިގެން 2004ގެ ސުނާމީ ކާރިސާގައި ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިން އެހީ ސަފާތު ވަނީ ފާހަގަކުރައްވާފަ އެވެ.

https://twitter.com/safaathahmed/status/1743861543098572925

އަދި މިފަދަ މިފަދަ ކަންކަން ހަދާންނައްތާލާ ޒަމާނުއްސުރެ ދެގައުމުގެ ދޭތެރޭ އޮތް ގާތްގުޅުން ހީނަރުވާފަދައިން ސިޔާސީ ބޭނުމަށްޓަކައި އަދުގެ ސަރުކާރުގެ އިސްވެރިން އިންޑިޔާއާއި ދެކޮޅަށް ދައްކަމުންދާ ވާހަކަތަކަކީ ހިތާމަވެރި ކަމެއްގެ ގޮތުގައި ސަފާތު ދެކިލައްވައެވެ. އަދި އެއްވެސް ބޭނުމަކަށްޓަކައި އެއް ގައުމު އަނެއް ގައުމަކަށް، ހާއްސަކޮށް ނަސްލީ ގޮތުން ކުޑައިމީސްކޮށް ހެދުމަކީ އެއްވެސް ހާލަތެއްގައި ބަލައިގަނެވޭނެކަމެއް ނޫންކަމަށް ސަފާތު ވަނީ ވިދާޅުވެފަ އެވެ.

މީގެއިތުރުން ސަފާތު ވަނީ ފަތުރުވެރިކަމުގެ ސިނާޔަތް އިޤްތިސާދީ އަނދަވަޅަކަށް ވައްޓައި އަވަށްޓެރި ގައުމުތަކާއި ގުޅުން ހީނަރުކުރުމަކީ ޕްރޯ މޯލްޑިސްއެއް ނޫންކަމަށް ވިދާޅުވެފަ އެވެ.

 

 

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *