Tuesday, 28 July 2026

އިންޑިޔާ އެއާލައިންތަކުން ރާއްޖެއަށް ކުރާ ދަތުރުތައް ހުއްޓާލުމަށް ގޮވާލަނީ!

އިންޑިއާގެ ވިޔަފާރިވެރިންގެ ޖަމީއްޔާއަކުން އިންޑިއާގެ އެއާލައިންތައް ރާއްޖެއަށް ދަތުރު ކުރުން ހުއްޓާލުމަށް ގޮވާލައިފިއެވެ.

އެ ޖަމިއްޔާގެ އޭވިއޭޝަން އެންޑް ޓޫރިޒަމް ކޮމިޓީ ޗެއާމަން ޑރ. ސުބާޝް ގޮޔާލް ސޮއިކުރައްވައި މިއަދު ނެރުއްވި ބަޔާނެއްގައި ވަނީ ރާއްޖޭގެ ސަރުކާރަށް ނިސްބަތްވާ މިނިސްޓަރުންތަކެއް އިންޑިއާ އާ ދެކޮޅަށް ފާޅުކޮށްފައިވާ ހިޔާލުތަކާ ގުޅިގެން ރާއްޖެ ޕްރޮމޯޓް ކުރުން ހުއްޓާލުމަށް ގޮވާލާފަ އެވެ.

މީގެ އިތުރުން މި ބާޔާނުގައި އިންޑިއާގެ ޓުއަރ އޮޕަރޭޓަރުންނާއި ޓްރެވެލް އޭޖެންޓުންގެ ޖަމީއްޔާތަކާއި އޭޖެންޓުނަށް ރާއްޖެ އިސްތިހާރު ކުރުން ހުއްޓާލުމަށްވެސް ވަނީ ގޮވާލާފައެވެ. އޭގެ ބަދަލުގައި އަންޑަމަން އައިލޭންޑްސް އާއި ލަކްޝަދީޕް ރައްތަކުގެ ޕްރޮމޯޓްކުރުމަށް ގޮވާލާފައިވެއެވެ. އަދި ސަރަހައްދުގެ އެހެން ޤައުމުތަކަށް ދާނަމަ، ލަންކާ، މޮރީޝަސް، ބާލީ އަދި ފުކެޓް ފަދަ ތަންތަން ޕްރޮމޯޓް ކުރުމަށް ވަނީ ގޮވާލާފައެވެ.

"ރާއްޖެއަށް އޮޕަރޭޓް ކުރަމުންދާ އިންޑިއާގެ ހުރިހާ އެއާލައިންތަކުން ރާއްޖެއަށް ކުރަމުންދާ ދަތުރުތައް ސަސްޕެންޑް ކުރުމަށް ގޮވާލަން. އަދި, އިންޑިއާގެ ހޮޓާ ރެސްޓޯރަންޓުތަކުން ވެސް ލަކްޝަދީޕްގައި އިންވެސްޓް ކުރުމަށް ގޮވާލަން," އެ ބަޔާނުގައި ބުނެފައިވެ އެވެ.

މި ބަޔާނުގައި މިގޮތަށް ގޮވާލާ ސަބަބެއް ގޮތުގައި ބުނެފައިވަނީ، ރާއްޖޭގެ މިނިސްޓަރުންތަކެއް އިންޑިއާއި ދެކޮޅު ޙިޔާލުތަކެއް ފާޅު ކުރާތީއެވެ. އަދި މިއީ އިންޑިއާ ރާޢްޖޭގެ އެންމެ ބޮޑު ސޯސް މާކެޓެއްވި ހިނދު ޢަމަލުކުރި ގޮތެއް ކަމަށް ބުނެ، އެންމެ ގިނަ ބޭރު ފައިސާ ވައްދާ ވަޒީފާ ފުރުސަތު ފަހިކޮށްދެނީވެސް އެ ޤައުމުކަމަށް ބުނެފައެވެ.

އިންޑިއާގެ ވިޔަފާރިވެރިންގެ ޖަމީއްޔާއަކުން މިފަދަ ބަޔާނެއް ނެރެފައިވާއިރު، އެންމެ އިންޑިއާގެ ބޮޑު ޓްރެވެލް އޭޖެންސީއެއް ކަމަށްވާ އީޒް މައި ޓްރިޕްއިންވެސް ވަނީ ރާއްޖެއަށް ބުކިންގް ހެދުން ހުއްޓާލިކަން އިއުލާންކޮށްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *