Tuesday, 28 July 2026
ދިވެހިރާއްޖެއިން އިންޑިޔާއަށް ކަނޑައަޅާފައިވާ ސަފީރު -- ފޮޓޯ: އަވަސް

ދިވެހި ސަފީރު އިންޑިއާގެ އެކްސްޓާނަލް އެފެއާޒު މިނިސްޓްރީއަށް ހާޒިރުކޮށް ސުވާލުކުރަނީ

އިންޑިއާ އާއި އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށް މަލާމާތްކޮށް ރާއްޖޭގެ ތިން ޑެޕިއުޓީ މިނިސްޓަރަކު ވެސް ހިމެނޭ ގޮތަށް އެކްސްގައި ކުރި ޕޯސްޓްތަކާ ގުޅިގެން، އިންޑިއާއަށް ރާއްޖޭން ކަނޑައަޅާފައި ހުންނަވާ ސަފީރު އިބްރާހިމް ޝަހީބް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީއަށް ހާޒިރުވާން އަންގައިފި އެވެ.

އެނގިފައިވާގޮތުގައި ނިއު ދިއްލީގައި ހުންނަވާ ސަފީރު، އިބްރާހިމް ޝަހީބު އެކްސްޓާނަލް އެފެއާޒް މިނިސްޓްރީއަށް ހާޒިރު ކުރަނީ މިއަދު ހެނދުނު 9:00 އަށެވެ.

އާންމު ގޮތެއްގައި ސަފީރުން ހާޒިރު ވުމަށް އަންގަނީ، ދެ ގައުމުގެ ދެމެދުގައި އުފެދޭ ބޮޑެތި މައްސަލަތަކާ ގުޅިގެންނެވެ. މިވަގުތު ރާއްޖެ އާއި އިންޑިއާއާ ދެމެދު އުފެދިފައިވާ އެންމެ ބޮޑު މައްސަލައަކީ ޑެޕިއުޓީ މިނިސްޓަރުން މޯދީ އަށް މަލާމަތް ކުރި މައްސަލަ އެވެ.

ބޮޑުވަޒީރު މޯދީ އިންޑިއާގެ ލަކްޝަދީބްގެ ޓޫރިޒަމް ޕްރޮމޯޓްކުރެއްވުމަށް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓްތަކާ އެކު އެއީ ރާއްޖެއާ ދެކޮޅަށް ކުރާ ކެމްޕެއިނެއް ކަމަށް ބަލައި ރާއްޖެ އާއި އިންޑިއާގެ އެކި ފެންވަރުގެ މީހުން ވެސް ސޯޝަލް މީޑިއާގައި އެއްބަޔަކު އަނެއް ބަޔަކަށް ރައްދު ދީފައި ވާއިރު ވަރަށް ހުތުރު އަދި މަލާމާތުގެ ބަސްތައް ބޭނުންކޮށްފައިވެ އެވެ.

އޭގެ ތެރޭގައި ހިމެނުނު ރާއްޖޭގެ ތިން ޑެޕިއުޓީ މިނިސްޓަރުން ކަމަށްވާ ޔޫތު މިނިސްޓްރީގެ މަލްޝާ ޝަރީފާއި މަރިޔަމް ޝިއުނާ އަދި އަބްދުﷲ މަހްޒޫމް މާޖިދު އިއްޔެ ވަނީ ސަސްޕެންޑް ވެސް ކޮށްފަ އެވެ.

ސަފީރު ހާޒިރުކުރާ ބައްދަލުވުމުގައި ދަމަހައްޓާނެ ކަމަށް ބެލެވެނީ އިއްޔެ ފޮރިން މިނިސްޓްރީން ނެރެފައިވާ ނޫސް ބަޔާނުގައިވާ ސްޓޭންޑެވެ. އެ ބަޔާނުގައި ބުނެފައިވަނީ މޯދީއަށް ސޯޝަލް މީޑިއާގައި މަލާމާތްކުރި ކުރުން ސަރުކާރުން ކުށްވެރިކުރާ ކަމަށެވެ.

"މި ހިޔާލުތަކަކީ އަމިއްލަ ހިޔާލުތަކެއް, އެއީ ދިވެހި ސަރުކާރުގެ ވިސްނުން ރަމްޒުކޮށްދޭ ހިޔާލުތަކެއް ނޫން ކަމަށް," އިނގިރޭސި ބަހުން ސަރުކާރުން ނެރުނު ސްޓޭޓްމަންޓެއްގައި ބުނެފައިވެ އެވެ.

ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ބޭނުން ކުރަންވާނީ ޑިމޮކްރެޓިކް އަދި ޒިންމާދާރު ގޮތެއްގައި، ނަފްރަތާއި، ނެގެޓިވްކަން ނުފެތުރުމާއި، ރާއްޖެ އާއި ބައިނަލްއަގުވާމީ ގައުމުތަކުގެ މެދުގައި އޮންނަ ގާތް ގުޅުމަށް ހުރަސް ނޭޅޭ ފަދަ ގޮތަކަށް ކަމަށް ފޮރިން މިނިސްޓްރީން ބުނެފައިވެ އެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *