ރާއްޖެއަށް މިހާރު ކުރަމުން އަންނަ ވިއްސާރާގައި މާލޭގެ މަގުތަކުގައި ފެންބޮޑުވެއްޖެއެވެ.
މިދިޔަ ދެތީން ހަތަރު ދުވަހު ވެސް މާލެ ސިޓީއަށް މޫސުން ގޯހެވެ. ޖުމްލަ ކޮށް މުޅި ރާއްޖެ އަށް ވަރަަށް ބޮޑަށް ވިއްސާރަ ކުރި އެވެ.ވާރޭވެހި މާލޭގައި ފެންބޮޑުވެފައިވާއިރު، މޫސުމާއި ބެހޭ ގައުމީ އިދާރާ މެޓުން ވަނީ މިއަދު މެންދުރު ފަހު 13:00 އާއި ހަމައަށް މުޅި ރާއްޖެއަށް ހުދު ސަމާލުވެސް ނެރެފައެވެ. އަދި ނ. އަތޮޅުން ފެށިގެން ލ. އަތޮޅާއި ހަމައަށް ވަނީ ބޯކޮށް ވާރޭވެހި ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް ރީނދޫ ސަމާލު ވެސް ނެރެފައެވެ.
ވާރޭގެ ސަބަބުން މާލޭގެ ވަރަށް ބޮޑު ސަރަހައްދެއް އޮތީ ފެނު އަޑީގަ އެވެ. އަދި އާންމު ދަތުރުފަތުރަށް ވަނީ ބުރޫ އަރާފައެވެ. އަދި ބައެއް ގޭގެއަށް ފެންވަދެ ފެންބޮޑުވުމުގެ ހާދިސާތައް ވަނީ ހިނގާފަ އެވެ. ފެންވަދެ ބައެއް ގޭގެެއަަށް ގެއްލުން ވެސް ވެފައިވެއެވެ.
ރާއްޖެއަށް މިހާރު ކުރަމުން އަންނަ ވިއްސާރާގައި ރާއްޖޭގެ އެހެން ރަށްތަކުގައި ފެންބޮޑުވުމުގެ ހާދިސާތައް ހިނގައި، މީހުން ދިރިއުޅޭ ގެތަކުގައި ފެންބޮޑުވެގެން ކަމާއި ބެހޭ ފަރާތްތަކުން އަންނަނީ ފެން ހިންގުމުގެ މަސަައްކަތް ކުރަމުންނެވެ.


