Monday, 26 October 2026
ފޮޓޯ: އެމްއެންޔޫ

އެމްއެންޔޫއިން ޑިޕްލޮމާ އިން މީޑިއާ އެންޑް ޕަބްލިކް ރިލޭޝަން ކޯސް ފަށަން ތައްޔާރުވެއްޖެ

ދިވެހި ރާއްޖޭގެ ގައުމީ ޔުނިވަރސިޓީއިން "ޑިޕްލޮމާ އިން މީޑިއާ އެންޑް ޕަބްލިކް ރިލޭޝަން" ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ފެބުރުއަރީ އިންޓޭކްގައި އަލަށް ފެށުމަށް ހަމަޖެހިފައިވާ މި ކޯހަކީ ނޫސްވެރިކަމާއި، މަލްޓި މީޑިއާއާއި، މާކެޓިންގއާއި، ޕަބްލިކް ރިލޭޝަންސް އަދި ވިޝުއަލް މީޑިއާ ކޮމިއުނިކޭޝަންސްގެ ވަޒީފާތަކަށް މީހުން ތަމްރީނުކުރުމަށް ފަރުމާކޮށްފައިވާ ކޯހެކެވެ

ދިވެހި ރާއްޖޭގެ ގައުމީ ޔުނިވަރސިޓީން ވިދާޅުވީ މި ކޯހުގައި ބައިވެރިންނަށް ތަޢުލީމާއި ތަމްރީންދޭނީ ޕަބްލިކް ރިލޭޝަންގެ ދާއިރާއާއި ނޫސްވެރިކަމުގެ ދާއިރާއިންނެވެ. އަދި ޑިޕްލޮމާއިން ކޯސް ފެށުނު ނަމަވެސް ޑިގްރީއާއި މާސްޓާރސް ކޯސްވެސް ކުރިއަށް އޮތްތަނުގައި ފެށިގެން ދާނެކަމަށް ވަނީ ވިދާޅުވެފަ އެވެ.

މި ކޯސް ފެށީ ވަރަށް ގިނަ ފަރާތްތަކެއްގެ އެދުމުގެ މަތިންކަމަށް އެމްއެންޔޫގެ ފެކަލްޓީ އޮފް އަރޓްސްގެ ސީނިއަރ ލެކްޗަރަރ ޑރ.އަހުމަދު ޒަކީ ވަނީ ވިދާޅުވެފަ އެވެ.

ދިވެހި ރާއްޖޭގެ ގައުމީ ޔުނިވަރސިޓީން ވިދާޅުވީ މި ކޯހުގެ ތެރެއިން ބްރޯޑްކާސްޓް ޖަރނަލިޒަމް، ރޭޑިއޯ/ޓީވީ ޕްރެޒެންޓަރ، އޮންލައިން ޖަރނަލިޒަމް، އިންވެސްޓިގޭޓިވް ޖަރނަލިޒަމް، ޕަބްލިކް ރިލޭޝަންސް ދާއިރާއިން ތަމްރީން ދެވޭނެކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *